އައިލެންޑް އޭވިއޭޝަނަށް މިދިޔަ އަހަރުވެސް ގެއްލުންވެފައިވާ ކަމަށް އެކުންފުނީގެ މާލީ ރިޕޯޓުތަކުން ދައްކައިފި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އައިލެންޑް އޭވިއޭޝަންގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި ދައްކާގޮތުން އެ ކުންފުންޏަށް ވަނީ 2.8 މިލިއަން ރުފިޔާ ގެއްލުންވެފަ އެވެ.
އެކުންފުނީގެ އޮޑިޓް ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.27 ބިލިއަން ރުފިޔާ އެވެ.
ހިންގުމުގެ ހަރަދު ކެނޑުމުން، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށް ދައްކަނީ 171 މިލިއަން ރުފިޔާއެވެ. އަދި އެ ކުންފުނީގެ ފައިނޭންސިން ހަރަދުތަކާއި ޓެކްސްއަށް ދައްކާފައިވާ ފައިސާ ކެނޑުމުން 2.82 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވެ އެވެ.
އައިލެންޑް އޭވިއޭޝަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މޯލްޑިވިއަންގެ ޑޮމެސްޓިކް ދަތުރުތަކުންނެވެ. އެގޮތުން އެތެރޭގެ އުދުހުންތަކުން އެ ކުންފުންޏަށް 1.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

