މިމަހުގެ މިހާތަނަށް މަސްވެރިންގެ އަތުން 25 މިލިޔަން ރުފިޔާގެ މަސް ގަނެފައިވާކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން ބުނީ މިމަހުގެ ފުރަތަމަ ހަފްތާގައި މިފްކޯއިން 165 ދޯނީގެ މަސް ގަނެފައިވާ ކަމަށެވެ. މި ދޯނިތަކުން ކިރުވި މަހަށް ފުރަތަމަ ހަފުތާގައި، 16.7 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ މޭއި މަހުގެ ފުރަތަމަ ހަފްތާއާއި އަޅާ ބަލާއިރު 7 އިންސައްތަ އިތުރު އަދަދެކެވެ. މިމަހުގެ ދެވަނަ ހަފްތާއި މިފްކޯއަށް 111 ދޯންޏަކުން މަސްކިރުވާފައެވެ. މިއީ 8.3 މިލިޔަން ރުފިޔާގެ މަހެވެ. ދެވަނަ ހަފްތާގައި މަސްކިރުން ދައްވީ ބޮޑު އީދާ ދިމާވުމުން މަސްވެރިން މަހަށް ނުފުރާތީއެވެ،

މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި މިހާރު ދަނީ ފައިސާ ދޫކުރަމުންނެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ވަޢުދު ތަންފީޒުކުރަން ފަށާފައިވަނީ ފާއިތުވި މަސްވެރިންގެ ދުވަހުގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *