ކުރީ ސަރުކާރުން ޔޫމެޓް ކޮންސްޓްރަކްޝަނަށް ބަދަލުގެ ގޮތުގައި ދިނީ، އެ ކުންފުންޏަށް ދޭންޖެހޭ އަދަދަށް ވުރެ 23 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން އާންމުކުރި އެކަމާ ގުޅޭ ރިފޯޓުގައި ބުނެފި އެވެ.

އޮޑިޓާ ޖެނެރަލް އާންމުކުރި އެ ރިޕޯޓުގައިވާ ގޮތުން ޅ. ކުރެންދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ އެއްބަސްވުން ބާތިލްކޮށް މާޗު 18، 2013 ގައި އެމްޓީސީސީއާ ހަވާލުކުރުމުން، އެކަމުގެ ގެއްލުމުގެ ބަދަލު ހޯދަން ޔޫމެޓް ކޮންސްޓްރަކްޝަނުން ހުށަހެޅުމުން އިކޮނޮމިކް ކައުންސިލުން ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ ސަރުކާރަށް ގެއްލުވާ ގޮތަށެވެ.

އޮޑިޓް އޮފީހުން ބުނީ، އިތުރަށް ދީފައިވާ އަދަދު އަނބުރާ ހޯދައި ދައުލަތުގެ ފައިސާ ނާޖައިޒް ގޮތުގައި ނެގުމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ކުރީ ސަރުކާރުގެ އެ ނިންމުން ނިންމި އިކޮނޮމިކް ކައުންސިލްގައި އޭރުގެ ރައީސް އޮފީސް މިނިސްޓަރު އަލީ ޝިޔާމާއި އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ކުރީގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އޮޑިޓްގައިވާ ގޮތުން ޔޫމެޓަށް އެންމެ ގިނަވެގެން ވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދޭން ޖެހޭނީ 2.7 މިލިއަން ރުފިޔާ އެވެ. ނަމަވެސް އެ ކުންފުންޏަށް އޭފްރީލް 30، 2023 ގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 26 މިލިއަން ރުފިޔާ ދޭން އިކޮނޮމިކް ކައުންސިލުން ނިންމާފައިވެ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *