ޓޫރިޒަމް ދަށް އަތޮޅުތަކުގައި އެ ސިނާއަތް ފައްކާވާން ދެން ގިނަ ދުވަސް ނުނަގާނެކަމަށް ރައީސް  ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އެކްސްގައި ރޭ ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯއާއި މިދިޔަ ފެބްރުއަރީ މަހު ދެއްވި ރިޔާސޯ ބަޔާނުގައި ވިދާޅުވި ގޮތަށް ޓޫރިސްޓު ރިސޯޓުތައް ރަނގަޅަށް އަދި ފައްކާ ނުކުރެވޭ އަތޮޅުތައް ޓޫރިޒަމްއަށް ފައްކާކުރަނަ މި އަހަރު މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެގޮތަށް ޓޫރިޒަމްއަށް ފައްކާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވީ ހއ., ހދ., ނ., ތ., ލ., އަދި އައްޑޫ ސިޓީއެވެ.

ރައީސް ވިދާޅުވީ އެ އަތޮޅުތަކުގައި ޓޫރިޒަމް ތަރައްގީކުރާނީ އިނާޔަތްތަކާއި ލުއިތައް ހިމެނޭހެން ގިނަ ކަންތައްތަކެއް ހިމެނޭ  "އެޕްރޯޗް" އެއްގެ ތެރެއިން ކަމަށެވެ.

"ދަތުރުފަތުގެ އިންފްރާސްޓްރަކްޗާއަށް މިހާރު ކުރަމުންދާ އިންވެސްޓްމަންޓްތަކާއެކު ޓޫރިޒަމް ދާއިރާ އާ ބާބަކަށް މިހާރު މިއޮތީ ފައްކާވެފައި. އަންނަ ހަފްތާގައި އެކަމާ ގުޅޭ އިތުރު މައުލޫމާތު ޓޫރިޒަމް މިނިސްޓްރީން ހާމަކުރާނެ" ރައީސް ވިދާޅުވި އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *