ކޮލަމްބޯ ޑޮކްޔާޑްގެ މެޖޯރިޓީ ހިއްސާ އިންޑިއާ ސަރުކަރުން ގަނެފި އެވެ.
52 މިލިއަން ޑޮލަރަށް ސްރީ ލަންކާގެ ކޮލަމްބޯ ޑޮކްޔާޑުގެ %51 ހިއްސާ ގަނެފައިވަނީ އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ކުންފުންޏެއް ކަމަށްވާ މަޒާގޮން ޑޮކް ޝިޕްބިލްޑާސް ލިމިޓެޑް (އެމްޑީއެލް) އިން ނެވެ. އެހެންކަމުން ސްރީލަންކާގެ ކޮލޮމްބޯ ޑްކްޔާޑްގެ މެޖޯރިޓީ ހިއްސާދާރަކީ މިހާރު އިންޑިއާގެ އެވެ. އަދި އެ ޑޮކްޔާޑްގެ އޮޕްރޭޝަންގައި ފަހުބަސް ބުނާނީވެސް އިންޑިއާއިންނެވެ.
ކޮލޮމްބޯ ޑްކްޔާޑްގެ 51 ޕަސެންޓް ހިއްސާ ކުރިން އޮތީ އޮތް ޖަޕާނުގެ އޮނޮމިޗީ ޑޮކްޔާޑް ކޯ ލިމިޓެޑުގެ އަތުގައެވެ. ނަމެވެސް ޖަޕާނުގެ ކުންފުނި ކޮލަމްބޯ ޑޮކް ޔާޑުން ވަކިވާން ނިންމުމުން އެކަން ބަދަލުކުރަން ލަންކާ އިން ކުރި މަސައްކަތް ނާކާމިޔާބުވެ މާލީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުމާއެކު އިންޑިއާގެ އެމްޑީއެލް އިން މިހާރުވަނީ ޖަޕާނު ކުންފުނީގެ ހިއްސާވެސް ގަނެފައެވެ.

