މިދިޔަ ޖޫން މަހު ރާއްޖެއަށް 140،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓަރީން ބުނެފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖޫންމަހު ރާއްޖެއަށް 141،772 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު %15 ކުރިއެރުމެކެވެ. ރާއްޖެއަށް އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.
އަހަރުގެ ފުރަތަމަ 6 މަސް ނިމުނުއިރު ރާއްޖެއަށް އައިސްފައިވަނީ 1،108،130 ފަތުރުވެރިންނެވެ. މިއީ 2024 ވަނަ އަހަރާއި އަޅާބަލާއިރު %9.1 އިތުރުވުމެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި 5 ޤައުމު:

• ޗައިނާ: 141،162 ފަތުރުވެރިން
• ރަޝިއާ: 126،780 ފަތުރުވެރިން
• އިނގިރޭސިވިލާތް: 108،371 ފަތުރުވެރިން
• އިޓަލީ: 86،891 ފަތުރުވެރިން
• ޖަރުމަން: 82،188 ފަތުރުވެރިން

ފުރަތަމަ 6 މަސްދުވަހު ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ %72.4 ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ. އެއީ %22.5 ފަތުރުވެރިންނެވެ. 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ހޮޓެލްތަކުގައެވެ. އެއީ %2.8 އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *