ހުޅުމާލޭގައި ހުންނަ ނޮސްޓްރާ މަސްފިހާރައިން ބޮޑުކަންނެލީގެ އަގު ހެޔޮކޮށްފިއެވެ.

މީގެކުރިން 90ރ އަށް ވިއްކަމުންދިޔަ ކަންނެލި ކިލޯއެއް މިހާރު ވިއްކަމުންދަނީ 80ރ އަށެވެ.

"ބޮޑުކަންނެލީގެ ޚާއްޞަ ސޭލެއް މިއޮތީ. ގިނައިން ނަގަންޏާ މިއަށްވުރެވެސް އަގުހެޔޮކޮށްދޭނަން. ކެފޭ ރެސްޓޯރެންޓްތަކަށް ޚާއްސަ އަގުތަކެއްގައި ދޭނަން. ޑެލިވަރީ މުޅިން ހިލޭ އޯޑަރު ކުރެއްވުމަށް 9448890 ނުވަތަ 7790929 އަށް ގުޅުއްވާ". ނޮސްޓްރާ މަސްފިހާރައިގެ މެނޭޖަރު ރިލްވާން ޖަމާލު ބުންޏެވެ.

ރިލްވާން ބުނީ ކަންނެލީގެ ކޮލިޓީ ވަރަށް ރަނގަޅުވާނެކަމަށާއި އެ ފިހާރައަށް މަސް ގެންނަނީ ތިންވަނަ ފަރާތެއް މެދުވެރިނުކޮށް ސީދާ ހުޅުމާލޭ ކެންނެލިޖެޓީން ކަންނެލި ދޯނިފަހަރުން ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދެން ކޮލިޓީއަށް. މަސްދޯނިފަހަރުން ނަގައިގެން އަޅުގަނޑުމެން މި ގަނޑުކުރަނީ. އެހެންކަމުން އަޅުގަނޑުމެން މި ވިއްކާ ބާވަތްތަކުގެ ކޮލިޓީގެ މައްސަލައެއް ދިމާ ނުވާނެ". ރިލްވާން ވިދާޅުވިއެވެ.

މީގެ 4 އަހަރުކުރިން ހުޅުވި ނޮސްޓްރާ މަސްފިހާރަ ހުންނަނީ ހުޅުމާލޭ ރަބަރުގަސްމަގު 8 ނަމްބަރު ގޯޅީގައެވެ. ނޮސްޓްރާ މަސްފިހާރައަކީ މަހާ މަހުގެ އުފެއްދުންތައް ވިއްކުމަށް ޚާއްޞަ ފިހާރައެކެެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *