ގައުމީ އެއާލައިން މޯލްޑިވިއަންގެ އޭ 330 ބޯޓަށާއި އޭޓީއާރު ބޯޓަށް ޕައިލެޓުން ހޯދަން އިއުލާނުކޮށްފި އެވެ.

މޯލްޑިވިއަނުން މުވައްޒަފުން ހޯދަން އިއުލާނުކޮށްފައިވަނީ އޭ330 ގެ ކެޕްޓަންގެ މަގާމަށާއި އޭޓީއާރްގެ ކެޑޭޓް ޕައިލެޓުންގެ މަޤާމަށެވެ. އެ އެއާލައިނުން ކޮށްފައިވާ އިއުލާނުގައި އޭ330 ގެ ކެޕްޓަނަށް ކުރިމަތިލާ ފަރާތްތަކުގެ ހަމަވާންޖެހޭ ޝަރުތު ތަކާއި އޭޓީއާރ ގެ ކެޑޭޓް ޕައިލެޓް ގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތު ތައް ބަޔާންކޮށްފައިވެއެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި މި މަހުގެ 28 އާ ހަމައއަށް ހުޅުވާލާފައިވާއިރު އެ މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުން އިތުރު މައުލޫތު އެ ކުންފުނީގެ 3331268  3331292 ނަންބަރަށް ގުޅައިގެން ސާފުކުރެއްވޭނެ ކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *