ރަހަމީރު މޮޅު ކޮލިޓީ ރިހާކުރު ނޮސްޓްރާ މަސްފިހާރައިން!

ރަހަމީރު މޮޅު ރިހާކުރު ނޮސްޓްރާ މަސްފިހާރައިން ވިއްކަން ފަށައިފިއެވެ.

ހުޅުމާލޭ ރަބަރުގަސްމަގު 8 ނަމްބަރު ގޯޅީގައި ހުންނަ މިހާރައިން ރާއްޖޭގައި ރިހާކުރު ހަދާ އެންމެ މަޝްހޫރު ރަށްރަށުގެ ރިހާކުރު ލިބެން ހުންނާނެއެވެ. މިގޮތުން ދިއްގަރު، އޮމަދޫ ގެމަނަފުށި އަދި ހިރިލަންދޫ ރިހާކުރު ލިބެންހުންނާނެއެވެ.

"މިވަގަތު އެންމެ ގިނައިން ލިބެންމިހިރީ ހިރިލަންދޫ މޮޅު ރިހާކުރު، ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށްވެސް ލިބެން ހުންނާނެ. ރިހާކުރު ވަރަށް ކޮލިޓީވާނެ. ރަހަބަލާފަ ޓެސްޓްކޮށްފަ ގެންދަންވީ ހަމަ." ނޮސްޓްރާ މަަސްފިހާރައިގެ މާކެޓިންގ މެނޭޖަރު ރިޟްވާން ޖަމާލު ބުންޏެވެ.

ނޮސްޓްރާ މަސްފިހައިން އާދައިގެ ރިހާކުރުފުޅިއެއް ވިއްކަނީ 250ރ އަށެވެ. ރިހާކުރު ފާޓާއެއް ވިއްކަނީ 3500ރ އަށެވެ. ކޮންމެ ފާޓާއަކުން އާދައިގެ 22 ފުޅިއަށް އެޅޭނެއެވެ.

ނޮސްޓްރާ މަސްހިފާރައަކީ މަހާ މަހުގެ އުފެއްދުންތަކަށް ޚާއްޞަކޮށްގެން މީގެ 5 އަހަރު ކުރިން ހުޅުމާލޭގައި ހުޅުވި ފިހާރައެކެވެ. މިފިހާރައިން ހޮޓާ ރެސްޓޯރެންޓަތަކަށް ޚާއްޞަކޮށްގެން ފަރުމަހާއި ކަންނެލި ހެޔޮ އަގުގައި ދަނީ ފޯރުކޮށްދެމުންނެވެ. ނޮސްޓްރާ މަސްފިހާރައިގެ ހޮޓްލައިން 9448890 އަށް ގުޅުއްވައިގެން ނުވަތަ ނޮސްޓްރާ މަސް ފިހާރައިގެ ފޭސްބުކު ޕޭޖަށް މެސެޖްކޮށްވެސް އޯޑަރު ދެވޭނެއެވެ.