ރާއްޖޭގައިު މީހުން ދިއުޅޭ 7 އަތޮޅެއްގެ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ގެ ޙިދުމަތް ގާއިމްކޮސްފިއެވެ.
ބީއެމްއެލް ގެ ސީއީއޯ ޝަރީފް ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ 100 ރަށުގައި އެ ބޭންކުގެ އޭޓީއެމް ގެ ހިދުމަތް ގާއިމް ކުރެވިފައި ނުވާ ކަމަށާއި، ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފެށި މަސައްކަތުގެ ދަށުން މި އަހަރުގެ މިހާތަނަށް 47 ރަށެއްގައި އޭޓީއެމް ހިދުމަތް ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާރު ހއ، ނ، މ، ށ، ބ ކ އަދި ދ އަތޮޅުގެ ހުރިހާ ރަށެއްގައި އެ ބޭންކުގެ އޭޓީއެމްގެ ހިދުމަތް ގާއިމްކުރެވިފައިވާ ކަމަށެވެ.
އަދި މިވަގުތު އިތުރު ފަސް އަތޮޅެއްގެ 23 ރަށެއްގައި އޭޓީއެމް ހިދުމަތް ފެށުމަށް ވަނީ ތައްޔާރުވެފައި ވާއިރު ބާކީ ހަތް އަތޮޅުގެ 33 ރަށުގައި ކުރިއަށް އޮތް ދެތިން މަސްދުވަސްތެރޭ އޭޓީއެމް ހިދުމަތް ފަށާ، މަޝްރޫއު ނިންމާލެވޭނެ ކަމަށްވެސް ޝަރީފް ވިދޅުވިއެވެ.

