55 ރަށެއްގެ ކައުންސިލް އިމާރާތް އަޅަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްފި އެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އާރުސީސީއާއެކު ސޮއިކޮށްފައިވާ ކަމަށާއި މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް މި މަސް ތެރޭގައި ފަށައި، 1 އަހަރުތެރޭގައި މި މަސައްކަތް ނިންމާނެ ކަމަށެވެ.
އާރުސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓްގައި ކައުންސިލަށް ބޭނުންވާ ފަރުނީޗަރާއި ވަށާފާރު ހިމެނޭނެ ކަމަށްވެސް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މީގެ ކުރިން މި މަޝްރޫއު ވަނީ މެލޭޝިއާގެ ހެކްސްޓަ ގްލޯބަލް ކިޔާ ކުންފުންޏަކާވެސް ހަވާލުކޮށްްފައެވެ.
މި ޕްރޮޖެކްޓްގެ އަގު 600 މިލިއަނަށްވުރެ މައްޗެވެ.

