އަހަރުގެ މިހާތަނަށް ރާއްޖެއަށް 1,416,141 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް ނިނިސްޓްރީން ބުނެފިއެވެ..

ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1,416,141 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައިވާއިރު، މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 1,298,289 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.1 އިންސައްތަ އިތުރު އަދަދެކެވެ.

މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 1,039,352 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 309,490 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، ހޮޓެލްތަކުގައި 37,282 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. މީގެ އިތުރުން، 29,018 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ސަފާރީތަކުގައެވެ.

މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކަކީ:
• ޗައިނާ އިން 218,268 ފަތުރުވެރިން
• ރަޝިއާ އިން 168,288 ފަތުރުވެރިން
• އިނގިރޭސިވިލާތުން 129,792 ފަތުރުވެރިން
• އިޓަލީވިލާތުން  102,053 ފަތުރުވެރިން
• ޖަރުމަނުވިލާތުން 97,534 ފަތުރުވެރިން

ގެސްޓުހައުސް ވިޔަފާރި މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރާއްޖޭގެ 20 އަތޮޅެއްގައި މިވަގުތު އޮޕަރޭޓުކުރަމުންދަނީ 891 ގެސްޓްހައެވެ. 15,284 އެނދުގެ މި ކެޕޭސީޓީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ޖުމްލަ އެނދުގެ 24 އިންސައްތައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *