ދިވެހިރާއްޖެއަށް ފަތުރުވެރިކަން ގެނެސްދެއްވުމުގައި ބައިވެރިވެވަޑައިގެން އެއް ބާނީ އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ނިޔާ އަވަހާރަ ވެއްޖެ.

އެމަނިކުފާނު ނިޔާވީ ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގެ އައިސީޔޫ ގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ. ރާއްޖޭގައި ފުރަތަމަ ޓޫރިސްޓް ރިސޯޓްގެ ގޮތުގައި 1972 ވަނަ އަހަރު ވިހަމަނާފުށީގައި ތަރައްގީކުރި 30 ކޮޓަރީގެ ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމުގައްޔާއި، އެއަހަރުގެ ފެބުރުއަރީ 16 ވަނަ ދުވަހު ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިން ގެނައުމުގައިވެސް އެމްޔޫމަނިކު ވަނީ މުހިއްމު ރޯލެއް އަދާކުރައްވާފައެވެ.

އެއަށްފަހު، ސަރުކާރުން ހިންގަމުންއައި ވިހަމަނާފުށި ބައްލަވައިގެން އެމްޔޫ މަނިކު ވަނީ އެރަށުގައި ކުރުނބާވިލެޖްގެ ނަމުގައި ރާއްޖޭގެ ފުރަތަމަ 5 ތަރީގެ ރިސޯޓް 1986 ގައި ހުޅުވައިފައެވެ.

މީގެ އިތުރުން އެމްޔޫމަނިކު އަކީ ރާއްޖެއަށް އެންމެ ފުތރަތަމަ ޔޫރަޕްގެ އެއާލައިންއެއްވެސް ގެނެސްދެއްވި ފަރާތެވެ. އެގޮތުން ޔުނިވާސަލް އެންޓަޕްރައިސަސް ލިމިޓެޑްގެ ޗެއާމަންކަމުގައި ހުންނަވައިގެން އެމްޔޫ މަނިކުވަނީ، 1981 ވަނަ އަހަރުގެ އޮކްޓޯބަރ 31 ގައި ޖަރުމަނުގެ ކޮންޑޯ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ތައާރަފުކޮށްދެއްވާފައެވެ.

އަދި މީގެ އިތުރުން ޓޫރިޒަމް ކުރިއެރުވުމަށްޓަކައި 1992 ވަނަ އަހަރު މަޓީ އުފެއްދެވުމުގައިވެސް އެންމެ މުހިންމު ރޯލެއް އަދާކުރެއްވި އެއް ފަރާތަކީ އެމްޔޫ މަނިކު އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *