މިދިޔަ ހަފުތާގެ ތެރޭގައި 1359 ކޮންޓެއިނަރ ކްލިއާކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އެމްޕީއެލް އިން ހާމަކށްްފައިވާ ތަފަސް ހިސާބުގައި ބުނެފައިވަނީ އޯގަސްޓް 24 އިން 30 އަށް އެ ކުންފުނިން 1359  ކޮންޓެއިނާ ކްލިއާކުރި ކަމަށާއި، އޭގެ ތެރޭގައި 20 ފޫޓުގެ 553 ކޮންޓެއިނަރ އާއި 40 ފޫޓުގެ 403 ކޮންޓެއިނަރ ހިމެނޭ ކަމަށެވެ.

މީގެ އިތުރުން އެންމެ ގިނައިން ކްލިއާކޮށްފައި ވަނީ ބިސް ކަމަށާއި،. އެގޮތުން 14،540 ޕެކޭޖުގެ ބިސް ކްލިއާކޮށްފައިވާ އިރު، 11،617 ޕެކޭޖުގެ ފިޔާ، 5،415 ޕެކޭޖުގެ ކަރާ، 5،647 ޕެކޭޖުގެ އަލުވި، 3،672 ޕެކޭޖުގެ ޓޮމާޓޯ އަދި 1،819 ޕެކޭޖުގެ އަލަނާސި ވެސް ކްލިއާކޮށްފައިވެ އެވެ. އަދި 2،157 ޕެކޭޖުގެ ކެބެޖާއި، 2،087 ޕެކޭޖުގެ ދޮންކޭލާއި، 806 ޕެކޭޖުގެ ބަރަބޯ އަދި 539 ޕެކޭޖުގެ ސްވީޓް މެލަންވެސް މިދިޔަ ހަފުތާގައި އެމްޕީއެލުން ކްލިއާކޮށްފައިވެ އެވެ.

އެމްޕީއެލުން ބުނި ގޮތުގައި މިދިޔަ ހަފުތާގައި ތިން ކޮންޓެއިނަރު އުޅަނދާއި ތިން ޖެނެރަލް ކާގޯ އުޅަނދު ހޭންޑަލްކޮށްފައިވެ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *