ސި-ޓު-އެއާރ ގެ ޙިދުމަތް 9 އެއާލައިނެއް ބޭނުންކޮށްގެން 18 ގައުމަކަށް ފޯރުކޮށްދެމުން އަންނަ ކަމަށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އެމްޕީއެލް އިން ބުނީ އެކުންފުންޏާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގުޅިގެން 15 މެއި 2024 ގައި ތަޢާރަފްކޮށްފައިވާ ސީ-ޓު-އެއާރ ގެ ޙިދުމަތާ ގުޅިފައިވާ އެއާލައިންތަކުގެ ތެރޭގައި ވަރޖިން އެޓްލާންޓިކް، އިއްތިހާދު އެއަރވޭސް، ލުފްތަންސާ، ގަތަރު އެއަރވޭސް، ޓާކިޝް އެއަރލައިން، އަޒަރުބައިޖާން އެއަރލައިން، ސައުދީ އެއަރލައިން، ސްވިސް އެއަރލައިން އަދި އައިޓީއޭ އެއަރވޭސް ހިމެނެއެވެ.

އަދި ސީ-ޓު-އެއާރ ގެ ޙިދުމަތް މިދިޔަ މަހު ފޯރުކޮށްދީފައިވާ ގައުމުތަކުގެ ތެރޭގައި، އިޓަލީ، އެމެރިކާ، ޖަރުމަނުވިލާތް، ނެދަލޭންޑްސް، ފްރާންސް، ކެނެޑާ، ގްރީސް، އިނގިރޭސިވިލާތް، ފަލަސްތީން، ބެލްޖިއަމް، ޑެންމާކް، ސްވިޑެން، ޕޯޗުގަލް، ކޮސޯވޯ، ތުރުކީ، އޮސްޓްރިއާ، ޗެކް ރިޕަބްލިކް އަދި އަޔަލޭންޑް ހިމެނޭ ކަމަށެވެ.

މީގެ އިތރުން އޯގަސްޓް މަހު ސީ-ޓު-އެއަރ މެދުވެރިކޮށް 291 ޓުނުގެ މުދާ ދުނިޔޭގެ 18 ގައުމަކަށް ފޮނުވާވައިވާކަމަށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފައި ވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *