ރާއްޖޭގެ މަޝްހޫރު އޫދު އަދި ސެންޓް ފިހާރަ، އޫދު ޝޮޕްގެ އައު ބިޒްނަސް ލޮކޭޝަން ފާހަގަކުރުމުގެ ގޮތުން ، ކަސްޓަމަރުންނަށް ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. "ޝޮޕް އެންޑް ވިން" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން، ނަސީބުވެރި އެއް ފަރާތަކަށް އެންމެ ފަހުގެ އައިފޯން 17 ޕްރޯ މެކްސް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 25 އިން ނޮވެމްބަރު 30 އަށް ކުރިއަށްދާނެއެވެ.
އޫދު ޝޮޕުން ހާމަކޮށްފައިވާ ގޮތުގައި، މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ފިހާރައިގެ ވަފާތެރި ކަސްޓަމަރުންނަށް ޝުކުރު އަދާކޮށް، އެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޝޮޕިންގ ތަޖުރިބާ އިތުރަށް ހިތްގައިމު ކުރުމެވެ. މީގެ އިތުރުން، ފިހާރަ އައު ތަނަކަށް ބަދަލުވުމާއި، އަލަށް ތައާރަފްކުރާ ގިނަ އަދަދެއްގެ އާ ސެންޓްތަކެއް ފާހަގަކުރުމަކީ ވެސް މި ޕްރޮމޯޝަންގެ މަޤްސަދެކެވެ.

މި ޕްރޮމޯޝަންގެ ދަށުން، އަތަރު ޝޮޕްގެ ފިހާރައިން 500 ރުފިޔާ ނުވަތަ އެއަށްވުރެ ގިނައިން ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް ކޫޕަން އެންޓްރީއެއް ލިބޭނެއެވެ. ކޫޕަން ފުރިހަމަކޮށް، ފިހާރައިގައި ހުންނަ ކޫޕަން ބޮކްސްއަށް ލާންޖެހެއެވެ. ގުރުއަތުގައި ބައިވެރިވެވޭނީ ހަމައެކަނި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ކުރެވޭ ވިޔަފާރިތަކަށް ހުށަހެޅޭ ކޫޕަންތަކަށެވެ.ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތެއް ހޮވާނީ ހުރިހާ އެންޓްރީތަކުގެ ތެރެއިން ރެންޑަމްކޮށެވެ. ނަތީޖާ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އޫދު ޝޮޕްގެ ރަސްމީ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖްތަކުގައި އިއުލާން ކުރާނެއެވެ.
އޫދު ޝޮޕުން މިފަހަރު ވަނީ ދުބާއީގެ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ "އަންފާސް އަލް ޚަލީޖް" ރާއްޖެއަށް އައު ބްރޭންޑެއްގެ ގޮތުގައި ތައާރަފްކޮށްފައެވެ. މި ސެންޓްތަކަކީ މިހާރު ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޑިޒައިނަރ ސެންޓުތަކާ ވާދަކުރާ ފެންވަރުގެ ސެންޓްތަކެއް ކަމަށާއި، ވަސް ހިފެހެއްޓޭ މުއްދަތާއި، ޕްރޮޖެކްޝަން އަދި ބްލެންޑްގެ ގޮތުން ފާހަގަކޮށްލެވޭ ސެންޓްތަކެއް ކަމަށް އޫދު ޝޮޕުން ބުނެއެވެ. މިހާރު ވެސް ގިނަ ކަސްޓަމަރުންގެ ރަނގަޅު ރިވިއުތަކެއް މި ބްރޭންޑަށް ލިބިފައިވާ ކަމަށް އެ ފިހާރައިން ފާހަގަކުރެއެވެ.

މީގެ އިތުރުން، ދުނިޔޭގައި ކޮލިޓީއަށް މަޝްހޫރު "އަޖުމަލް" ބްރޭންޑްގެ އައު ގިނަ ސެންޓްތަކެއް ވެސް މިފަހަރު އޫދު ޝޮޕުން ވަނީ ތައާރަފްކޮށްފައެވެ. އޫދު ޝޮޕުން ބޮޑަށް އިސްކަންދެނީ ރަނގަޅު ކޮލިޓީއާއި، ގިނަ އިރަށް ވަސް ދެމިހުންނަ އަތަރާއި ސެންޓްތައް ރާއްޖޭގެ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށެވެ. މިގޮތުން، އަޖުމަލް ބްރޭންޑަކީ ކޮލިޓީއަށް މަޝްހޫރު ބްރޭންޑަކަށް ވުމުންނާއި، އާންމުކޮށް ބޭނުންކުރާ އަތަރުތަކަށްވުރެ ތަފާތު ވަސްތަކެއް ހުރުމުން އެ ބްރޭންޑަށް ބޮޑަށް އިސްކަންދެވޭ ކަމަށް ފިހާރައިން ބުނެއެވެ.
އެހެނިހެން ބްރޭންޑްތަކުގެ އިތުރުން، އޫދު ޝޮޕްގެ އަމިއްލަ "ހެންޑްޕިކްޑް ކަލެކްޝަން" ވެސް ފިހާރައިގައި ލިބެން ހުންނާނެއެވެ. މި އަތަރުތަކަކީ ގިނަގޮތްގޮތުން ޓެސްޓުކޮށް، ކަށަވަރުކުރުމަށްފަހު ރިލީޒްކުރާ އަތަރުތަކެކެވެ. ކަސްޓަމަރުންނަށް ރަނގަޅު ކޮލިޓީއެއް ފޯރުކޮށްދީ، އިތުބާރު ހިފެހެއްޓުމަށްޓަކައި މިކަންކަން މިގޮތަށް ކުރިއަށް ގެންދާ ކަމަށް އޫދު ޝޮޕުން ބުނެއެވެ. އޫދު ޝޮޕްގެ އައުފިހާރަ ހުންނާނީ މާލޭ ޝީޝީ ޝޯރޫމް ކައިރީގަ ނިރޮޅުމަގުގައި ގ. ފޮށްދޫވެހީގައެވެ.
އޫދު ޝޮޕްގެ "ޝޮޕް އެންޑް ވިން" ޕްރޮމޯޝަންގެ ޓާރމްސް އެންޑް ކޮންޑިޝަންސް ؛ https://theoudshopmv.crd.co/#tnc

