މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ.) އިން ހުރިހާބޭންކްތަކަށް ލާޒިމުކޮށްފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމް (އައިއެންއޭއެޗް) ގެ ދަށުން 3،000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް، ހުޅުމާލެ ފޭސް1، ފޭސް 2 އަދި ވިލިމާލެއިން ބިން ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް އިން ހައުސިންގ މިނިސްޓްރީއާއެކު އެމްޔޫއޯއެއްގައި ސޮއިކޮށްފައެވެ.
ރާއްޖޭގައި ކުޑަ އަގުގައި ގެދޮރު ހޯދުމުގެ ފުރުސަތުތައްއިތުރުކުރުމަށްޓަކައި ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީޕްރޮޖެކްޓް ފެށުމަށް ކެބިނެޓުން ވަނީ ނިންމާފައެވެ. އެ ޕްރޮޖެޓްގެ އެއް ބަޔަކީ، މާލީއިދާރާތަކާ ގުޅިގެން ހައުސިންގ ޔުނިޓްތައް ތަރައްޤީކޮށް، ލީސް–ޓު–އޯން (ކުލި ދައްކައިޚަލާސްކުރުމުން މިލްކުވުން) މޮޑެލްގެ ދަށުން އާންމުންނަށް އެ ޔުނިޓްތައް ހުޅުވާލުމެވެ.
ގެދޮރުގެ މިލްކުވެރިކަމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެމަގުސަދުގައި، އެމް.އެމް.އޭ.ގެ އާ ގަވާއިދުގައިވާ ގޮތުން ރާއްޖޭގެ ހުރިހާ ކޮމާޝަލްބޭންކްތަކުން ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ %10 އާއި %15 އާ ދެމެދުގެ ނިސްބަތެއްއިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމަށް ޚާއްޞަކުރުމަށްލާޒިމުކުރެއެވެ. މި ގަވާއިދަށް އަމަލުކުރަން ފެށުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސް އިންވަނީ އެމް.އެމް.އޭ އިން ނެރެފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑިބިލިޓީ ގަވާއިދުގެ 4 ވަނަ މާއްދާގެ ހ އާއި އެއްގޮތަށް އިސްލާމިކް ފައިނޭންސިންގ އުސޫލުންފައިނޭންސިންގ ދޫކުރުމަށް ބީ.އެމް.އެލް. އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑްގެނަމުގައި ބީއެމްއެލްގެ %100 ހިއްސާ ހިމެނޭ އާ ސަބްސިޑިއަރީއެއް އުފައްދައިރަޖިސްޓަރީކޮށްފައެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައިސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑްއިންފްރާސްޓަރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބާއި، ބޭންކް އޮފް މޯލްޑިވްސްއިން އަލަށްރަޖިސްޓަރީކުރި ސަބްސިޑިއަރީ، ބީ.އެމް.އެލް. އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓްލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާމްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީ.އެމް.އެލް.ގެ ސީއީއޯއަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ގައުމުގެ އެންމެ ބޮޑު ބޭންކްގެހައިސިއްޔަތުން ރާއްޖޭގައި ދޫކޮށްފައިވާ ޖުމުލަ ލޯނުގެ %52 އަށް ވުރެ ބޮޑު އަދަދެއްހިއްސާކުރަނީ ބީއެމްއެލް އިން ކަމަށެވެ.
"މި މުހިއްމު މަޝްރޫއަށް ހަރުދަނާ ގޮތެއްގައި އަޅުގަނޑުމެން އެހީތެރިމިވަނީ ޒިންމާދާރު ކަމާއި ފަޚުރުވެރިކަމާއެކު. މިއަދުގެ އެއްބަސްވުމުގައި ސޮއިކުރުމާއެކު، މި މަޝްރޫއު ތަންފީޒުކުރުމުގެ މަސައްކަތް ފެށި ރާއްޖޭގެ ފުރަތަމަ ބޭންކަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް. މިއީ، މި ސްކީމް ކުރިއަށްގެންދިއުމަށާއި ދިވެހި އާއިލާތަކަށްދިރިއުޅުމަށް ލުއިފަސޭހަ އަދި އަތްފޯރާ ފަށުގައި ގެދޮރުވެރިވެވޭނެ ހައްލުތައްފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެގޮތުން އެޅުނުމުހިންމު ފިޔަވަޅެއް. އެހެން ޕްރޮޖެކްޓްސް ތަކެކޭ އެއްގޮތަށް މި ޕްރޮޖެކްޓް ހިންގުމުގައި ވެސް ބޭންކުން މަސައްކަތް ކުރާނީ ހިއްސާދާރުންނާއި ކަސްޓަމަރުންގެ މަސްލަހަތުރައްކާތެރިކުރުމަށާއި ގަވާއިދުތަކަށް ފުރިހަމައަށް ތަބާވުމަށާއި ބައިނަލްއަގުވާމީ އެންމެރަނގަޅު އުސޫލުތަކަށް އަމަލުކުރުމަށް." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ލީސް–ޓު–އޯން މޮޑެލްގެ ދަށުން އަލަށް ގެދޮރުވެރިންނަށް ވާން ބޭނުންވާ ފަރާތްތަކަށް ބޭންކުން ފައިނޭންސް ކޮށްގެން ތަރައްގީ ކުރާ މި ޔުނިޓްތައް އިމާރާތް ކުރާނީ ގާބިލު އަދި ތަޖުރިބާކާރު ޑިވެލޮޕަރުންނާ ހަވާލުކޮށްގެން ކަމަށެވެ.
"ބޭންކުން މިމަޝްރޫއު ކުރިއަށް ގެންދާނީ، ގެދޮރުގެ މިލްކުވެރިކަން ހޯދޭނެ ގޮތަށް، ހަރުދަނާއޮނިގަނޑަކަށް ފެތޭ އަދި ލުއިފަސޭހަ ގޮތަކަށް. މި ޔުނިޓްތަކަށް މަހު ކުލި ދައްކަމުންގޮސްޖުމްލަ އަދަދު ދައްކާ ޚަލާސްކުރުމުން އެ ތަނުގެ މިލްކުވެރިކަން ބަދަލުކުރެވޭނެ. ބޭންކުން މިހާރު ވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ގާބިލު ބައެއްޑިވެލޮޕަރުންނަށް އެކްސްޕްރެޝަން އޮފް އިންޓްރެސްތް ހުށަހެޅުމަށް ދައުވަތުދީފަ. ޑިވެލޮޕަރުންނާއެކު އެއްބަސްވުންތައް ގާއިމުކުރާނީ ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އަދި ޑިއުޑިލިޖެންސް ފުރިހަމަކުރުމަށްފަހުގަ" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

