ތާރީޚުގައި ފުރަތަމަ ފަހަރަށް ދުބާއީގައި އިމާރާތް ކުރާ އުސް އިމާރާތަކަށް މަޝްހޫރު އެކްޓަރެއްގެ ނަން ދިނުމަށް ނިންމައިފިއެވެ. ބޮލީވުޑްގެ ދުނިޔޭގެ މަޝްހޫރު ތަރި ޝާހްރުކް ޚާންގެ ނަމުގައި ހަދާ "ޝާހްރުކްޒް ބައި ޑެނިއުބް"  މި އިމާރާތަކީ 55 ފަންގިފިލާގެ އުސްމިނުގައި ހަދާ އުސް އިމާރާތެކެވެ. މިއީ ސްޓީލް އާއި ބިއްލޫރި ބޭނުންކޮށްގެން ބޮލީވުޑްގެ މި ގްލޯބަލް އައިކަންގެ އަށްދެވޭ ރަމްޒެކެވެ.

މި އިމާރާތް ހުންނާނީ ބުރުޖު ޚަލީފާ އާއި ދުބާއީގެ ގޯލްޑް ސޫކާ ކައިރީގައެވެ. 321 ފޫޓު އުސް މި ވިޔަފާރީގެ މަރުކަޒުގެ ބޭރުގައި، ޝާހްރުކް ޚާންގެ ދެއަތް ދިއްކޮށްލައިގެން ހުންނަ ޕޯޒް ދައްކުވައިދޭ ބޮޑު ބުދެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އޭނާގެ ކާމިޔާބީ އާއި ދުނިޔޭގައި އޭނާއަށް ލިބިފައިވާ މަޤުބޫލުކަމަށް ދޭ ތަޢުރީފެކެވެ.

ޑެނިއުބް ގްރޫޕްގެ ބާނީ ރިޒްވާން ސާޖަން ވިދާޅުވީ މި ޕްރޮޖެކްޓަކީ "ހުވަފެންތަކާއި ކާމިޔާބީގެ ރަމްޒެއް" ކަމަށެވެ. ދިއްލީގެ ތިއޭޓަރުތަކުން ފެށިގެން ދުބާއީގެ އުސް އިމާރާތްތަކާ ހަމައަށް ޝާހްރުކްގެ ދިރިއުޅުމުގެ ކާމިޔާބީގެ ހަޤީޤީ ހާދިސާ އަކީ  ހުވަފެންތަކާއި ހިތްވަރުގެ މިސާލެއް ކަމަށް ވެސް ސާޖަން ފާހަގަކުރެއްވިއެވެ.

މި އިމާރާތުން ޖާގަ ގަންނަ ފަރާތްތަކަށް ދުބާއީގެ 10 އަހަރުގެ ގޯލްޑަން ވިސާ ލިބޭނެކަމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވިޔަފާރިވެރިންނަށާއި، މުއްސަދި އިންޑިއާގެ ރައްޔިތުންނަށް ޔޫއޭއީގައި ވިޔަފާރި ކުރުމުގެ ފުރުސަތު ހޯދައިދޭނެ މަންޒިލެކެވެ. "ޝާހްރުކްޒް" އިމާރާތުގައި ސްކައި ޕޫލް، ހެލިޕެޑް އަދި ބިޒްނަސް ލައުންޖުތައް ހިމެނޭ ގޮތަށް 40 އަށްވުރެ ގިނަ ޒަމާނީ ފެސިލިޓީސް ހުންނާނެއެވެ.

4 ކްރޯޑް ރުފިޔާ އިން ފެށިގެން ޔުނިޓުތައް ލިބެން ހުންނަ މި އިމާރާތުގެ ޖާގަތަކަކީ ހަމައެކަނި އޮފީސްތަކެއް ނޫނެވެ. މިއީ މުއްސަދިކަމާއި ފަޚުރުވެރިކަމުގެ ރަމްޒެކެވެ. 460 އަކަފޫޓުގެ ކުދި ޖާގަތަކުން ފެށިގެން 11,000 އަކަފޫޓުގެ ބޮޑެތި ޖާގަތައް ވެސް މިތަނުން ލިބެން ހުންނާނެއެވެ. ޑެނިއުބްގެ މަޝްހޫރު 1% ގެ ޕޭމަންޓް ޕްލޭންގެ ދަށުން، ފުރަތަމަ 20% ދެއްކުމަށް ފަހު، ދެން ހަ އަހަރު ވަންދެން މަހަކު 1% ދައްކާ ގޮތަށް މި އިމާރާތުން ޖާގަ ގަތުމުގެ ފުރުސަތު ހުޅުވާލާފައިވުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިންވެސްޓަރުންނަށް ދުބާއީގެ ރިއަލް އެސްޓޭޓްގެ ދޮރު ހުޅުވިގެންދާނެ ކަމެކެވެ.

ސާޖަން ވަނީ މި އިމާރާތުގައި "ޝާހްރުކް ޚާންގެ ނަން އަބަދަށްޓަކައި ބަހައްޓާނެ" ކަމަށް ކަށަވަރުކޮށްދެއްވާފައެވެ. މިލިބުނު ފަޚުރުވެރިކަން ދުބާއީގެ އެހެން އެއްވެސް އިމާރާތަކަށް ނުލިބޭނެ ގޮތަށް، މިކަމަކީ ކިންގް ޚާންގެ ދާއިމީ ހަނދާނެއްގެ ގޮތުގައި ދެމިގެންދާނެ ކަމެއް ކަމަށް ވެސް ސާޖަން ވިދާޅުވިއެވެ.

މިކަމުގައި ޝާހްރުކް ޚާންގެ ބައިވެރިވުމާއެކު މި ޕްރޮޖެކްޓް އިފްތިތާހުކުރިއިރު، މިއީ ކާމިޔާބީގެ ދެ ދިރިއުޅުމެއް އެއްކޮށްލި ކަމެކެވެ. އެއީ ރިއަލް އެސްޓޭޓް ދާއިރާގައި ޑެނިއުބް ހޯދި ބޮޑެތި ކާމިޔާބީތަކާއި، އަމިއްލަ މަސައްކަތުން ދުނިޔޭގެ ފެންވަރުގެ ތަރިއަކަށް ވެ، ހިތްވަރާއި ކާމިޔާބީގެ ރަމްޒަކަށް ވެގެންދިޔަ ޝާހްރުކް ޚާންގެ ދިރިއުޅުމުގެ ހާދިސާއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *