ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްތަކާއި ފަޅުތަކުގެ ތެރެއިން، އުތުރުގެ 13 ސަރަހައްދެއްގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން  ވަނީ އިއުލާންކޮށްފައެވެ.

ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މިގޮތުން ބީލަމަށް ހުޅުވާލާފައިވާ އުތުރުގެ 13 ސަރަހައްދުގެ ތެރޭގައި ހއ. އަތޮޅުގެ ފަސް ސަރަހައްދަކާއި، ހދ. އަތޮޅުގެ ފަސް ސަރަހައްދެއްގެ އިތުރުން، ށ. އަތޮޅުގެ ތިން ސަރަހައްދެއް ހިމެނެއެވެ. މި ރަށްރަށާއި ފަޅުތައް ބީލަމަށް ހުޅުވައިލާފައިވަނީ ފަތުރުވެރިކަމަށް ޓޫރިސްޓް ރިޒޯޓްތައް ތަރައްގީކޮށް ހިންގުމަށެވެ.

މިކަމަށް އެދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހުގެ ހެނދުނު 11:00 އެވެ.

ސަރުކާރުން ދަނީ އުތުރުގައި ފަތުރުވެރިކަން ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، މިހާރު އެ ސަރަހައްދުގައި އިތުރު އެއާޕޯޓްތައް އެޅުމުގެ މަސައްކަތް ކުރަމުންދާއިރު، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ހުޅުވާފައިވުމަކީ، މި ސަރަހައްދަށް އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑުވެގެންދާނެ ކަމެއް ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. މިއީ ސަރުކާރުގެ ފަތުރުވެރިކަން ތަރައްގީކުރުމުގެ މައިގަނޑު ސިޔާސަތާ ގުޅިފައިވާ މަސައްކަތެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *