ދިރާގުން ކުރިއަށްގެންދާ 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޫކުރާ ދެ ސްޕީޑްބޯޓުގެ ތެރެއިން، ފުރަތަމަ ސްޕީޑްބޯޓު ލިބޭ ނަސީބުވެރިޔާ އަންނަ ހުކުރު ދުވަހު ހޮވާނެކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

ދިރާގުން ބުނީ ފުރަތަމަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ހޮވުމުގެ ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި، ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ. މި ޕްރޮމޯޝަނަކީ ދިރާގުގެ ކަސްޓަމަރުންނަށް އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެކެވެ. މިއިން ކޮންމެ އުޅަނދެއްގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ހަރުކޮށްފައިވާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ފުރަތަމަ ސްޕީޑްބޯޓު ހޯދުމުގެ މުއްދަތު ހަމަވިކަމުގައި ވިޔަސް، ދެވަނަ ސްޕީޑްބޯޓު ކާމިޔާބުކުރުމުގެ ފުރުސަތު އަންނަ މާރިޗު މަހުގެ ނިޔަލަށް އަދި އޮތްކަން ދިރާގުން ފާހަގަކުރެއެވެ. އެގޮތުން ދިރާގުގެ މިހާރުގެ ކަސްޓަމަރުންނަށާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް ޚާއްސަ ޕޯޓަލް މެދުވެރިކޮށް މާރިޗު މަސް ނިމެންދެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ:

  • ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުންނަށް.
  • ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތައް ބޭނުންކުރާ ފަރާތްތަކަށް.
  • ފައިބާ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް.

ދިރާގުން އިތުރަށް ބުނީ، ދިރާގުޕޭއަށް ރަޖިސްޓަރީކޮށްގެން މި ޕްރޮމޯޝަންގެ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށެވެ. އަދި މިހާރު ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ދިރާގުޕޭއަށް ރަޖިސްޓާކުރާ ކަސްޓަމަރުންނަށް ވެސް މި އަގުހުރި އިނާމު ހާސިލުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *