ހައިރައިޒްގެ ފަރާތުން އިންތިޒާމުކުރާ "ފުޑް އެންޑް ބެވަރޭޖް (އެފް އެންޑް ބީ) ޝޯ 2026″ ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ބިޒްނަސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަހުގެ 21 އިން 24 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޝޯއަކީ މި ސިލްސިލާގެ ނުވަވަނަ އެޑިޝަނެވެ. ކާބޯތަކެތީގެ ސިނާޢަތަށް ޚާއްސަކޮށްގެން ބާއްވާ މި ބޮޑު މައުރަޒުގައި އިންޑަސްޓްރީގެ އިސްވެރިންނާއި، ސަޕްލަޔަރުންގެ އިތުރުން ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޝޯގެ ޑިޖިޓަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ ބިޒްނަސްއިން މުހިންމު ދައުރެއް އަދާކުރާނެއެވެ. އެގޮތުން، ޒަމާނީ ޑިޖިޓަލް ސޮލިއުޝަންތަކާ އެކު ވިޔަފާރިތައް މިހާރަށްވުރެ ހަރުދަނާކޮށް ހިންގުމަށާއި، ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހިކޮށް، ވާދަވެރި މާކެޓެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެގްޒިބިޝަންގައި އުރީދޫ ބިޒްނަސްގެ ޚާއްސަ ބޫތެއް ހުންނާނެއެވެ. އުރީދޫއިން ބުނި ގޮތުގައި އެ ކުންފުނިން ގެނެސްދޭ ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް، ކަސްޓަމަރުންގެ ތަޖުރިބާ ފުޅާކުރުމުގެ އިތުރުން މުސްތަގުބަލަށް ތައްޔާރުވުމަށް އަމާޒުކޮށްގެން ފޯރުކޮށްދޭ ޚިދުމަތްތަކެކެވެ.

އުރީދޫ ބިޒްނަސްއިން ވަނީ މި އެގްޒިބިޝަނަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަކަށްވެސް އެ ކުންފުނީގެ ބޫތަށް ޒިޔާރަތްކޮށް، ލިބެން ހުރި ޑިޖިޓަލް ފުރުސަތުތަކާ ގުޅޭ މައުލޫމާތު އޮޅުންފިލުވުމަށް ދައުވަތު އަރުވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *