ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑާމައެސްތެޓިކް ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، އާ ފަރުވާއެއް ކަމަށްވާ ޕްލޭޓްލެޓް-ރިޗް ޕްލާޒްމާ (ޕީއާރުޕީ) ތެރަޕީ ރަސްމީކޮށް ތައާރަފުކޮށްފިއެވެ.

މިއީ ޚިދުމަތް ހޯދާ ފަރާތުގެ އަމިއްލަ ލޭގައި ހުންނަ ބާވަތްތައް ބޭނުންކޮށްގެން ދެވޭ ރައްކާތެރި އަދި ނަތީޖާ ރަނގަޅު ފަރުވާއެކެވެ. މި ފަރުވާގައި، ބަލިމީހާގެ ގައިން ލޭ ނެގުމަށްފަހު، އޭގައި ހުންނަ ޕްލޭޓްލެޓްތައް ވަކިކޮށް، ކޮންސެންޓްރޭޓް ކުރެއެވެ. މިގޮތަށް ވަކިކުރެވޭ ޕްލޭޓްލެޓްތަކަކީ ގްރޯތް ފެކްޓާތަކުން މުއްސަނދިވެފައިވާ އެއްޗަކަށް ވުމުން، ހަށިގަނޑުގެ ހަލާކުވެފައިވާ ސެލްތައް މަރާމާތުކުރުމަށާއި، ކޮލަޖެން އުފެއްދުމުގެ އިތުރުން ޓިޝޫތައް އަލުން އާލާކުރުމަށް (ރީޖެނެރޭޓް) ބޮޑު އެހީތެރިކަމެއް ލިބިގެންދެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން އަލަށް ތައާރަފްކުރި މި ޚިދުމަތުގެ ދަށުން މައިގަނޑު ދެ ދާއިރާއަކުން ފަރުވާ ލިބޭނެއެވެ. އެއީ:

  1. އިސްތަށި ފެޅުމަށް ދޭ ޕީއާރުޕީ: މީގެ ސަބަބުން އިސްތަށި ފަޅާ ވަޅުތަކަށް ބާރުދީ، އިސްތަށި ފެޅުމަށް އެހީތެރިވެދީ، އިސްތަށިގަނޑު ބޯކޮށްދެއެވެ.
  2. ލަކުނު ފިލުވުމަށް ދޭ ޕީއާރުޕީ: މޫނުގައި ބިހި ނެގުމުގެ ސަބަބުން އުފެދޭ ލަކުނުތައް (އެކްނީ ސްކާރިން) ކުޑަކޮށްދީ، ހަމުގެ ޓެކްސްޗާ ރަނގަޅުކޮށް، ހަންގަނޑު އޮމާންކޮށްދެއެވެ.

ހަމުގެ ބަލިތަކުގެ އިތުރުން، ޓްރީ ޓޮޕް ހޮސްޕިޓަލުން ދަނީ ހުޅުގެ ބަލިތަކަށްވެސް ޕީއާރުޕީ އިންޖެކްޝަންގެ ފަރުވާ ދެމުންނެވެ. މި ފަރުވާއަކީ އޮސްޓިއޯއާތުރައިޓިސް އާއި ޓެންޑޮނައިޓިސް ފަދަ ބަލިތަކުގެ ސަބަބުން ހުޅުތަކުގައި އުފެދޭ ދުޅަވުން ކުޑަކޮށް، ގުދުރަތީ ގޮތުން ފަސޭހަވުން އަވަސްކޮށްދޭ ފަރުވާއެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ހާމަކުރި ގޮތުގައި، މި ޚިދުމަތް ތައާރަފް ކުރުމުގެ މައިގަނޑު މަގުސަދަކީ ބަލިމީހުންނަށް އިސްކަންދީގެން، އެންމެ ޒަމާނީ އަދި ރައްކާތެރި ފަރުވާތައް ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

ޕީއާރުޕީ ތެރަޕީއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށާއި އެޕޮއިންޓްމަންޓް ހެއްދެވުމަށް އެ ހޮސްޕިޓަލުގެ ނަންބަރު 3351610 އަށް ގުޅުއްވުމަށް ޓްރީ ޓޮޕްއިން އިރުޝާދުދެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *