އަދުގެ ދުނިޔޭގައި ބޭރުތެރޭގެ ވައިގެ ސާފުތާހިރުކަމާ އެއްވަރަށް، ގޭތެރެ ނުވަތަ އިމާރާތްތަކުގެ އެތެރޭގެ ވައިގެ ފެންވަރަކީ ނުހަނު މުހިންމު ކަމެކެވެ. ޙާއްސަކޮށް ރާއްޖެއަށްވެސް ދުންފިނީގެ އަސަރު ނުރައްކާ މިންވަރަށް ކުރަމުންދާ ދުވަސްވަރު ރައްކާތެރިކަން ހޯދުމަކީ ނުހަނު މުހިންމު ކަމެކެވެ. މިއީ ހަމައެކަނި އަރާމަށްޓަކައި ކުރާ ކަމެއް ނޫނެވެ. މިއީ ސިއްހަތަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. ޒަމާނީ ދިރިއުޅުމުގެ އާދަކާދަތައް ހުރިގޮތުން އަޅުގަނޑުމެންގެ ގިނަ ވަގުތު ހޭދަކުރަނީ ގޭގައާއި، އޮފީސްތަކާއި، ބަންދުކޮށްފައި ހުންނަ އެކި ކަހަލަ ތަންތަނުގައެވެ. މިފަދަ ތަންތަނުގެ ވައިގެ ތެރޭގައި ލޮލަށް ނުފެންނަ ޖަރާސީމާއި، އެކި ކަހަލަ އެލާޖީތައް އުފައްދާ މާއްދާތައް ހުރެއެވެ. އެހެންކަމުން، ރަނގަޅު ފެންވަރުގެ 'އެއަރ ޕިއުރިފަޔަރ' އެއް ބޭނުންކުރުމަކީ މިއަދު އިސްރާފެއް ނޫނެވެ. އެއީ ދުޅަހެޔޮކަމަށްޓަކައި ކުރެވޭ ބުއްދިވެރި އިންވެސްޓްމަންޓެކެވެ.

ހަމައެހެންމެ ހަމުގެ މައްސަލަތަކާއި ، ރާއްޖޭގެ ގިނައަދަދެއްގެ ކުދަކުދިން ކުރިމަތިލަމުންދާ "އެކްޒީމާ" ފަދަ ހަމުގެ މައްސަލަތަކަށްވެސް އެއަރ ޕިއުރިފަޔަރ ބޭނުންކޮށް ވައި ސާފުކޮށްލުމުން ކެހުމާއި ، ހަންގަނޑު ހިކި އެކްޒީމާގެ އުންދަގޫތައް ކޫދަކޮށްދެއެވެ.

މިގޮތުން އައިވާ ހޯމް އިން އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ 'ޓްރޫސެންސް' އެއަރ ޕިއުރިފަޔަރަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ވައިގެ ތެރޭގައި ހުންނަ ނުރައްކާތެރި މާއްދާތައް ނައްތާލައި، ސާފުވައި ފޯރުކޮށްދިނުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އުފެއްދުމެކެވެ.

ފެންނަން ނެތް ނުރައްކާ: ގޭތެރޭގެ ވައި ތަޣައްޔަރުވުން

ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ހީވަނީ ގޭތެރެ ސާފުކޮށް އޮތުމުން ވައިވެސް ސާފުވާނެ ކަމަށެވެ. ނަމަވެސް، ލޮލަށް ނުފެންނަ އެތައް މާއްދާއެއް ވައިގެ ތެރޭގައި ދައުރުވެއެވެ. އޭގެ ތެރޭގައި:

  • ހިރަފުހާއި، ޕޯލަން ، އަދި ގޭގައި ގެންގުޅޭ ޖަނަވާރުގެ ކުނޑި.
  • ވޮލަޓައިލް އޯގަނިކް ކޮމްޕައުންޑްސް .
  • ކައްކާއިރު ނުކުންނަ ވަހާއި ދުން.
  • ބެކްޓީރިއާ އަދި އެކި ކަހަލަ އެލާޖީ އުފައްދާ މާއްދާތައް.

މިފަދަ ތަޣައްޔަރު މާއްދާތަކުގެ ސަބަބުން ނޭވާލާ ނިޒާމަށް އުނދަގޫވުމާއި، އެލާޖީ މައްސަލަތައް ކުރިމަތިވެ، ދިގު މުއްދަތުގައި ސިއްހަތަށް ނޭދެވޭ އަސަރުތައް ކުރެއެވެ.

ޓްރޫސަންސް އިން ގެނެސްދޭ ބަދަލު

ޓްރޫސަންސް އަކީ އާދައިގެ އެއަރ ޕިއުރިފަޔަރތަކާ ތަފާތު، ފުރިހަމަ ނިޒާމެކެވެ. މީގެ މައިގަނޑު ސިފަތަކުގެ ތެރޭގައި:

360 ޑިގްރީ އެޑްވާންސްޑް (އެޗްއީޕީއޭ) ފިލްޓްރޭޝަން: މީގެ ފިލްޓަރުން 0.3 މައިކްރޯންގެ ކުދި ކުނޑިތައްވެސް ދަމައިގަނެއެވެ. މިއީ ނޭވާލާއިރު ފުއްޕާމެޔަށް ދާ ނުރައްކާތެރި މާއްދާތައް ހުއްޓުވައިދޭ ނިޒާމެކެވެ.
ޔޫވީ-ސީ ސްޓެރިލައިޒޭޝަން: ފިލްޓަރުގައި ތަތްލާ ބެކްޓީރިއާ އާއި ވައިރަސްތައް ޔޫވީ-ސީ އަލި ބޭނުންކޮށްގެން ނައްތާލައި، މާހައުލަކީ ޖަރާސީމުން ސަލާމަތްވެފައިވާ ތަނަކަށް ހަދައިދެއެވެ.
ސްމާޓް އެއަރ ކޮލިޓީ މޮނިޓަރިންގ: ވައިގެ ތެރޭގައި ހުރި ތަޣައްޔަރު މާއްދާތައް ދެނެގަނެ، އަމިއްލައަށް އޭގެ ބާރުމިން ބަދަލުކޮށްލުމުގެ ގާބިލުކަން މީގައި ހުރެއެވެ. މީގެ ސަބަބުން ކަރަންޓު އިސްރާފުވުން ކުޑަކޮށްދެއެވެ.
އޮފީހާއި ގޭގެ ހުރިހާ ތަނަކަށް އެކަށީގެންވުން: ކޮޓަރިތަކާއި، ބޮޑެތި ސާލޫންތަކާއި، އޮފީސް މާހައުލަށް އެކަށޭނަ ތަފާތު ސައިޒުތަކުގެ މޮޑެލްތައް ލިބެން ހުރެއެވެ.

ސިއްހަތާއި އަރާމު ލިބިދޭ ވަސީލަތެއް

އެއަރ ޕިއުރިފަޔަރެއް ބޭނުންކުރުމުން ދިރިއުޅުމަށް އަންނަ ބަދަލުތަކަކީ:
☑ އެލާޖީގެ އުނދަގޫތައް ކުޑަވުން.
☑ ގޭތެރޭގައި ހުންނަ ނުބައި ވަސްތަކާއި ދުން ނައްތާލުން.
☑ ނިދުމަށް ފަސޭހަވެ، އަރާމު ނިންޖެއް ލިބުން.
☑ ސިއްހަތަށް ރައްކާތެރި މާހައުލެއް ބިނާވުން.

ސާފު ވައިގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ކިނބިހި އެޅުމާއި އެހެނިހެން އުނދަގޫތަކުން ސަލާމަތްވެ، މުޅި އާއިލާއަށް ނުވަތަ މުވައްޒަފުންނަށް އުފާވެރިކަން ލިބިގެންދެއެވެ.

ޓްރޫސަންސް ފަދަ ފެންވަރު ރަނގަޅު އެއަރ ޕިއުރިފަޔަރަކަށް އިންވެސްޓް ކުރުމަކީ ހަމައެކަނި ވައި ސާފުކުރުމެއް ނޫނެވެ. އެއީ ދުޅަހެޔޮ ދިރިއުޅުމަކާއި މަސައްކަތުގެ މާހައުލެއް ބިނާކުރުމަށް އެޅޭ ބިންގަލެކެވެ. ވަކިން ހާއްސަކޮށް، ތޮއްޖެހިފައިވާ ސިޓީތަކާއި ބަންދު މާހައުލުތަކުގައި ވައިގެ ފެންވަރު ދެނެގަންނަން އުނދަގޫވާއިރު، މިއީ ކޮންމެހެން ބޭނުންތެރި ވަސީލަތެކެވެ.

ސާފުވައިގައި ނޭވާލާށެވެ. ދުޅަހެޔޮ ދިރިއުޅުމެއް ހޯދާށެވެ. ކޮންމެ ނޭވާއަކީވެސް އަގުހުރި އެއްޗަކަށް ހަދާށެވެ!

އައިވާ ހޯމް ފޭސްބުކް ޕޭޖް : https://web.facebook.com/aivahomemaldives

އައިވާ ހޯމްް ވެބްސައިޓް : https://aivahome.mv/

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *