ފިޓްނަސް ދާއިރާގައި މަގުބޫލުކަން ހޯދަމުން އަންނަ ފްލޯ ސްޓޫޑިއޯ  އިން ކުރިއަށްގެންދާ 'ރީބޫޓް'  ސެޝަންތަކަކީ، ކުޑަ ދުވަސްކޮޅެއް ތެރޭގައި ހަށިގަނޑަށް އެދެވޭ ބަދަލެއް ގެންނަން ބޭނުންވާ ފަރާތްތަކުގެ މެދުގައި މިހާރު އެންމެ މަގުބޫލުވަމުން އަންނަ އެއް ކްލާހެވެ.

ރީބޫޓް އަކީ ހައި-އިންޓެންސިޓީ ކާޑިއޯ އާއި ސްޓްރެންގްތް ވޯކްއައުޓްތައް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ، ހަށިގަނޑަށް ވަރުގަދަ ކަސްރަތުތަކެއް ލިއްބައިދޭ ސެޝަންތަކެކެވެ. މިއީ އާދައިގެ ކްލާސްތަކާ ހިލާފަށް، ކުޑަ ގްރޫޕްތަކަކަށް އަމާޒުކޮށްގެން 'ޕާސަނަލް ޓްރެއިނިންގް' އެއްގެ އިހުސާސް ކުރެވޭ ގޮތަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

ރީބޫޓް ތަފާތުވާ ސަބަބު

މި ސެޝަންތަކުގައި ބައިވެރިވާ މީހުންގެ އަދަދު މަދުވުމުގެ ސަބަބުން، ޓްރެއިނަރުންނަށް ކޮންމެ ބައިވެރިއަކަށް ވަކިވަކިން ސަމާލުކަން ދިނުމުގެ ފުރުސަތު ލިބިގެންދެއެވެ. މީގެ ސަބަބުން ކަސްރަތު ކުރާ ގޮތް ރަނގަޅުކޮށްދީ، ކޮންމެ މީހަކަށްވެސް އެމީހެއްގެ ފެންވަރުން އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރުމަށް ޓްރެއިނަރުން އެހީތެރިވެދެއެވެ.

ކޮންމެ ސެޝަނެއްވެސް ރާވާފައިވަނީ މުޅި ހަށިގަނޑަށް ބޭނުންވާ ކާޑިއޯ، ފަންކްޝަނަލް ސްޓްރެންގްތް އަދި އެންޑިއުރެންސް ތަމްރީނުތައް ހިމެނޭ ގޮތަށެވެ. މީގެ ސަބަބުން ބައިވެރިންނަށް ކަސްރަތަށްފަހު ހަށިގަނޑަށް އިތުރު ހަކަތައެއް ލިބި، ވަރުގަދަވަމުންދާކަން އިހުސާސްކުރެވެއެވެ.

ކުޑަވަގު ދުވަސްކޮޅެއް، ބޮޑު ނަތީޖާއެއް

ރީބޫޓް ކްލާސްތައް ހާއްސަވާ ސަބަބުތައް :

  • ކެލޮރީ އަންދާލުމަށް އެހީތެރިވެދޭ ހައި-އިންޓެންސިޓީ ކާޑިއޯ.
  • ހަށިގަނޑު ބައްޓަންކުރުމަށް އެހީތެރިވެދޭ ސްޓްރެންގްތް ތަމްރީނުތައް.
  • ޓްރެއިނަރުންގެ ފުރިހަމަ ބެލުމުގެ ދަށުން ކުރިއަށްގެންދާތީ ލިބޭ ރައްކާތެރިކަން.
  • މަދު ދުވަސްކޮޅެއްގެ ތެރޭގައި ފެންނަ ފަދަ ނަތީޖާއެއް ލިބުން.

މި ސެޝަންތަކަކީ ރަމަޟާން މަސް ފަދަ، ވަގުތު މަދުވެފައި ކާބޯތަކެތީގެ އާދަކާދައަށް ބަދަލު އަންނަ ދުވަސްވަރުގައިވެސް ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ކްލާހެކެވެ. ނަމަވެސް، މިއީ މުޅި އަހަރު ދުވަހުވެސް ބަރުދަން ލުއިކުރުމަށާއި ފިޓްނަސް ރަނގަޅުކުރަން ބޭނުންވާ ކޮންމެ މީހަކަށްވެސް ހުޅުވިފައިވާ ފުރުސަތެކެވެ.

ހަށިގަނޑަށް އާ ދިރުމެއް

ނަމާ އެއްގޮތަށް 'ރީބޫޓް' އަކީ ހަށިގަނޑާއި ފިޓްނަސްގެ އާދަތައް އަލުން ތަރުތީބުކޮށްލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މިއީ ފިޓްނަސް ދަތުރު އަލުން ފަށައިގަންނަ ފަރާތްތަކަށާއި، ކުރިއެރުމެއް ނުލިބި ހުއްޓިފައި ތިބި ފަރާތްތަކަށް އެންމެ އެކަށޭނަ ސެޝަންތަކެވެ.

ޖިމްގައި ގިނަ ވަގުތުތަކެއް ހޭދަކުރުމުގެ ބަދަލުގައި، ފްލޯ ސްޓޫޑިއޯގެ 'ރީބޫޓް' ސެޝަންތަކުން ހަގީގީ ނަތީޖާ ހާސިލުކުރެވޭނެ ކަމުގެ ޔަގީންކަން އެ ސްޓޫޑިއޯއިން ދެއެވެ.

https://www.instagram.com/flostudiomv/?hl=en

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *