އެއާޕޯޓް ދޮވެމި އެރައިވަލް ފިހާރައިގައި އަވި އައިނުގެ ބޮޑު ސޭލެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެވައިވަލް އޭރިއާ ބޭރުގައި ހުންނަ ދޮވެމި އެވައިވަލް ފިހާރައިގައި އަވި އައިނުގެ ބޮޑު ސޭލެއް ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ.

މި ފިހާރަ ހުންނާނީ ކުރީ ޓާމިނަލްގެ އެވައިރަލް އޭރިޔާގައެވެ.

އެ ފިހާރައިން އިސްތިހާރު ކޮށްފައިވާ ގޮތުގައި، ބްރޭންޑެޑް އަވި އައިނުގެ ކަނޑައެޅޭ މޮޑެލްތަކެއް ވިއްކަނީ 40 ޕަސެންޓް ޑިސްކައުންޓްގައެވެ.

މި ސޭލުގައި ދެ ޖިންސްގެ މީހުންނަށް ބޭނުންވާ އަވި އައިނުގެ ބޮޑު ކަލެކްޝަނެއް ޑިސްޕްލޭކޮށްފައި އެބަ ހުއްޓެވެ. އޭގެ ތެރޭގައި އައިނުގެ މަޝްހޫރު ގިނަ ބްރޭންޑްތައް ހިމެނެއެވެ.

އެ ފިހާރައިގައި ދޭތެރެ ދޭތެރެއިން ބްރޭންޑެޑް ސެންޓާއި ގަޑީގެ ސޭލްތައް ވެސް އަޅުވައެވެ.