ރާއްޖޭގައި ފުޅާދާއިރާއެއްގައި ކޮސްމެޓިކްސް އާއި ސެންޓުގެ ބާވަތްތައް ވިއްކަމުން އަންނަ ކައިލާން ޓްރޭޑިންގ އެންޑް އިންވެސްޓްމަންޓްސްގެ އައު ފިހާރަ "އެސެންޒާ ބައި ކައިލާން" ހުޅުމާލޭގައި މިރޭ ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
ހުޅުމާލޭ ނިރޮޅުމަގުގައި ހުޅުވާ މި ފިހާރައަކީ ކަސްޓަމަރުން ބޭނުންވާ ވަސްތަކާއި ކޮލިޓީގައި، ސެންޓު ކަސްޓަމައިޒްކޮށްގެން އުފައްދައިދޭނެ ހާއްސަ ފިހާރައެކެވެ. މިއީ މާލޭގައި މިހާރުވެސް ކައިލާން ފިހާރަ އަދި ކައިލާން ޓްރޭޑާސްގެ ނަމުގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރަމުން އަންނަ ކުންފުނީގެ އައު ފިޔަވަޅެކެވެ.
މިރޭ ހުޅުވޭ "އެސެންޒާ ބައި ކައިލާން" ފިހާރައިގެ އެންމެ ހާއްސަ އެއް ކަމަކީ، މެދުއިރުމަތީގެ މަޝްހޫރު ސެންޓު އުފައްދާ ފަރާތެއް ކަމަށްވާ ޔޫސުފް ބާއީގެ އޮއިލް ބޭނުންކޮށްގެން ސެންޓު ތައްޔާރުކޮށްދިނުމެވެ. މިގޮތަށް ކަސްޓަމަރުން ބޭނުންވާ ގޮތަށް ސެންޓު އުފައްދައިދޭއިރު، ސެންޓުގެ ކޮންސެންޓްރޭޝަން ލެވަލް ނުވަތަ ޕަރފިއުމް ޕަސެންޓޭޖް އާންމު ސެންޓުތަކަށްވުރެ މަތިވާނެއެވެ. މީގެ ސަބަބުން ސެންޓުގެ ވަސް ގިނަވަގުތު ހުންނާނެ ކަމަށާއި، ސެންޓުގެ ކޮލިޓީވެސް އާދައިގެ ސެންޓުތަކާ ތަފާތުވާނެ ކަމަށް އެ ފިހާރައިން މައުލޫމާތުދެއެވެ.
ކައިލާން ޓްރޭޑިންގ އިން ބުނިގޮތުގައި، މި ފިހާރަ ހުޅުވުމުގެ މައިގަނޑު މަގްސަދަކީ ކޮލިޓީ ރަނގަޅު، އަދި ކަސްޓަމަރުންގެ އަމިއްލަ ރަހަޔާ އެއްގޮތަށް ތައްޔާރުކުރެވޭ ސެންޓު ފަސޭހަކަމާއެކު ރާއްޖެއިން ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
މި ފިހާރަ ހުޅުވުމާއެކު، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށާއި ސެންޓަށް ލޯބިކުރާ ފަރާތްތަކަށް މުޅިން ތަފާތު ތަޖުރިބާއެއް ލިބިގެންދާނެއެވެ.

