ހުޅުލެ އައިލެންޑް ހޮޓެލް (އެޗް.އައި.އެޗް) ގައި ދެމެހެއްޓެނިވި ލަގްޒަރީ ބްރޭންޑެއް ކަމަށްވާ 'ސޮލިޓޭރިއޯ' ގެ ރާއްޖޭގެ ފުރަތަމަ ފްލެގްޝިޕް ފިހާރަ ރަސްމީކޮށް ހުޅުވައިފިއެވެ.

ސޮލިޓޭރިއޯއަކީ ބިމުން ކޮނެގެން ނަގާ އަލިމަހުގެ ބަދަލުގައި، 100 އިންސައްތަ ލެބް-ގްރޯން ނުވަތަ ތަހުލީލުކުރާ ފެސިލިޓީތަކުގައި އުފައްދާ އަލިމަހަށް ޚާއްޞަ، ޒަމާނީ ލަގްޒަރީ ގަހަނާ އުފައްދާ ބްރޭންޑެކެވެ. މި އަލިމަސްތަކަކީ ބަލާލުމަށާއި ކެމިކަލް ގޮތުން ބަލާއިރު ބިމުން ނަގާ އަލިމަހާ އެއްގޮތް ނަމަވެސް، ތިމާވެށްޓާއި ރައްޓެހި އަދި އަޚްލާޤީ މިންގަނޑުތަކަށް ފެތޭ ގޮތަށް އުފައްދާފައިވާ އުފެއްދުންތަކެކެވެ. އެ ބްރޭންޑްގެ މައިގަނޑު ފަލްސަފާއަކީ އަލިމަހަކީ ހަމައެކަނި ޚާއްޞަ މުނާސަބަތުތަކަށް ބޭނުންކުރާ އެއްޗަކަށް ނުވެ، ކޮންމެ ދުވަހަކުވެސް ބޭނުން ކުރެވޭނެ އެއްޗަކަށް ހެދުމެވެ.

މި ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސޮލިޓޭރިއޯގެ ސީއީއޯ ރިކީ ވަސަންދާނީއާއި ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒައެވެ. މި މަޝްރޫޢަކީ އެސެންސް މޯލްޑިވްސްއާ ގުޅިގެން ކުރިއަށްގެންދާ އެކްސްކްލޫސިވް ޕާޓްނަޝިޕެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މިއާއެކު އެޗް.އައި.އެޗްގެ ރީޓެއިލް އަދި ލައިފްސްޓައިލް ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސޮލިޓޭރިއޯގެ ސީއީއޯ ރިކީ ވިދާޅުވީ، ރާއްޖެއަކީ ޤުދުރަތީ ރީތިކަމާއި ފެންވަރުމަތީ ޚިދުމަތްތަކަށް ދުނިޔޭގައި މަޝްހޫރު ޤައުމެއް ކަމަށެވެ. އަދި އެސެންސް މޯލްޑިވްސްއާ ގުޅިގެން ދެމެހެއްޓެނިވި ލަގްޒަރީގެ ތަސައްވުރު ރާއްޖެއަށް ތައާރަފް ކުރެވުމަކީ ލިބޭ ބޮޑު އުފަލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ދިވެހިރާއްޖެއަކީ އަޅުގަނޑުމެންނަށް ހަމައެކަނި އާ މާކެޓެއް ނޫން. މިއީ ޤުދުރަތީ ރީތިކަމާއި، ޚާއްޞަ ކަމާއި، އަދި ދުނިޔޭގެ މަޤުބޫލުކަން ލިބިފައިވާ މަންޒިލެއް. އެސެންސް މޯލްޑިވްސްއާއެކު އަޅުގަނޑުމެން މި އުފެއްދި ގުޅުމުގެ ސަބަބުން، ދެމެހެއްޓެނިވި މުއްސަނދިކަމުގެ ލަގްޒަރީ ސަސްޓެއިނަބަލް ތަޞައްވުރު، ރާއްޖޭގެ ރައްޔިތުންނާއި ބޭރުގެ ފަތުރުވެރިންނަށްވެސް ކަމުދާނެ ފަދަ ގޮތަކަށް ޙަޤީޤަތަކަށް ހެދުމުގެ ފުރުޞަތު ލިބިގެންދޭ،" ރިކީ ވިދާޅުވިއެވެ.

ރާއްޖޭގައި ސޮލިޓޭރިއޯއިން ބޭނުންކުރާ ޝިއާރަކީ "ބިމާއި ކަނޑުގެ ރީތިކަމަށް އިޚުތިރާމް ކުރާ އަލިމަސް" އެވެ. މިއީ ރާއްޖޭގެ ނާޒުކު ތިމާވެށްޓާ ގުޅޭގޮތުން އެކުލަވާލާފައިވާ ޚާއްޞަ ޝިއާރެކެވެ. މި ފިހާރަ ހުޅުވުމާއެކު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި ދިވެހިންނަށް ތިމާވެށްޓާ ރައްޓެހި، ފެންވަރު ރަނގަޅު ގަހަނާތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *