ރާއްޖެ އަންނަ އެއާލައިންތަކަށް ލުއިކޮށްދޭން ޖެޓްފިއުލްގެ އަގުތައް ހެޔޮކޮށްފައިވާ ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނެފިއެވެ.

ކްރައިސިސް ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ޖެޓްފިއުލްގެ އަގު ބޮޑުވުމުގެ ޝަކުވާ ލިބެމުންދާތީ މިކަމުން ކުރިމަތިވެދާނެ ދަތިތަކުން އަރައިގަންނަން ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެމްއޭސީއެލްއާއެކު ސަރުކާރުން ކުރި މަސައްކަތުގެ ދަށުން ޖެޓްފިއުލްގެ އަގު ވަނީ ލިޓަރަކުން 0.25 ސެންޓް ހެޔޮކޮށްފައެވެ.

ޖެޓްފިއުލް އަކީ ސާފުނުކުރާ ތެލުން އުފައްދާ އެއްޗަކަށް ވާތީ، ބްރެންޓް ކުރޫޑްގެ އަގު މައްޗަށް ދިއުމުން ޖެޓްފިއުލްގެ އަގުވެސް އުފުލެއެވެ. މިދުވަސްވަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ ސަޕްލައިއަށް އަންނަ ބަދަލުތަކާ ގުޅިގެން މި އަގަށް ލޮޅުން އަރައެވެ. ކޮވިޑަށްފަހު ބައިނަލްއަގުވާމީ ދަތުރުފަތުރުތައް އާދަޔާ ހިލާފަށް އިތުރުވެފައިވުމުން، ޖެޓްފިއުލްއަށް އޮތް ޑިމާންޑް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. ހާއްސަކޮށް ޗުއްޓީ ދުވަސްވަރުގައި އެއަރލައިންތަކުން ބޭނުންވާ ތެލުގެ މިންވަރު އިތުރުވުމަކީ އަގު މައްޗަށް ދާ ސަބަބެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *