ލަންކާގައި ސްކޭމް ސެންޓަރެއް ހިންގަމުން ދިޔަ 120 މީހަކު ހައްޔަރުކޮށްފިއެވެ.

ލަންކާގެ ފުލުހުން ވަނީ ކޮލަމްބޯގެ ރާޖަގިރިޔާގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި 120 މީހުންނަކީ ބޭރު މީހުން ކަމަށާއި އެއީ އެކި ގައުމުތަކަށް ނިސްބަތްވާ މީހުންކަމަށް ބުނެފައެވެ.

ހައްޔަރު ކުރި 120 މީހުން އެސަރަހައްދުގެ އެޕާޓްމަންޓެއްގައި ސްކޭމް ސެންޓަރެއް ގާއިމްކޮށް އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ފުލުހުން ވަނީ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ޗައިނާ އާއި ވިއެޓްނާމްގެ އިތުރުން މެލޭޝިޔާއާއި މަޑަގަސްކަރައިގެ އިތުރުން ފިލިޕީންސް އާއި ތައިލެންޑު އަދި ކެމްބޯޑިއާ މީހުން ހިމެނޭކަމަށް ބުނެފައެވެ.

ފުލުހުން ހިންގި ރެއިޑުގައި އެމީހުން ހަރަކާތްތެރިވި އެޕާޓްމެންޓް ކޮމްޕްލެކްސްގެ ތެރެއިން ލެޕްޓޮޕް ތަކާއި މޯބައިލް ފޯނުގެ އިތުރުން އެހެނިހެން އާލާތްތައް ފެނިފައިވެއެވެ. ފުލުހުން ވަނީ އެ ހުރިހާ އާލާތްތަކެއް ފޮރިންސިކް ޓެސްޓުތައް ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށް ބުނެފައެވެ.

ލަންކާގެ ކަމާބެހޭ އިދާރާތަކުން މިހާތަނަށް ކުރިޔަށް ގެންދިޔަ ތަހުގީގުން ވަނީ އެމީހުން ދިޔައީ މީހުންނަށް އޮޅުވާލާއިގެން އެޕާޓްމަންޓުތައް ކުއްޔަށްދީ ގިނަ އަދަދެއްގެ ފައިސާ ހޯދަމުން ކަމަށް ބުނެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *