އިންޑިއާގެ މަޝްހޫރު އީކޮމާސް ޕްލެޓްފޯމްތަކުން ވިޔަފާރިކުރުމަށް ދިވެހިންނަށް އޮތް ދަތިތަކަށް ހައްލެއް ގެނައުމުގެ ގޮތުން، މޯލްޑިވްސް ޕޯސްޓާއި އިންޑިއާ ޕޯސްޓް ގުޅިގެން "ގްލޯބަލް ދުކާން" ގެ ހިދުމަތް ދިވެހިންނަށް ރަސްމީކޮށް ތައާރަފްކޮށްފިއެވެ.

މި ހިދުމަތުގެ ދަށުން، އިންޑިއާގެ އެންމެ މަޝްހޫރު އީކޮމާސް މާކެޓްޕްލޭސްތައް ކަމަށްވާ އެމެޒަން، މިންތްރާ، ފްލިޕްކާޓް، ނައިކާ، ނައިކާ ފެޝަން އަދި އިކިއާ ފަދަ ޕްލެޓްފޯމްތަކުން މިހާރު ދިވެހިންނަށް ފަސޭހަކަމާއެކު ތަކެތި ގަނެވޭނެއެވެ. މިގޮތަށް ގަންނަ ތަކެތި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް، އެ މީހަކު ހުރި ރަށަކަށް ޑެލިވަރީ ކޮށްދިނުމުގެ އިންތިޒާމް މޯލްޑިވްސް ޕޯސްޓުން ވަނީ ހަމަޖައްސާފައެވެ.

"ގްލޯބަލް ދުކާން" މެދުވެރިކޮށް ދިވެހިންނަށް ބޭނުންވާ ފެޝަން އަދި ލައިފްސްޓައިލް އުފެއްދުންތަކާއި، އިލެކްޓްރޯނިކްސް ސާމާނާއި، ގޭތެރެއާއި ބަދިގެއަށް ބޭނުންވާ ތަކެތީގެ އިތުރުން ބިއުޓީ އެންޑް ވެލްނެސް އުފެއްދުންތައް ވެސް ލިބެން ހުންނާނެއެވެ. މި ޕްލެޓްފޯމަކީ މިހާރުވެސް ދިވެހިންގެ ތެރޭގައި ބޮޑު އިތުބާރެއް ހޯދަމުން އަންނަ ޕްލެޓްފޯމެކެވެ.

މި ހިދުމަތުގެ އެންމެ ބޮޑު އެއް ފަސޭހައަކީ، އިންޑިއާގެ ވެބްސައިޓްތަކުން ވިޔަފާރިކުރާއިރު އާންމުކޮށް ބޭނުންވާ އިންޑިއާގެ އެޑްރެހެއް މި ހިދުމަތް ބޭނުންކުރާއިރު ބޭނުންނުވުމެވެ. މިއީ އިންޑިއާގެ މާކެޓުން މުދާ ގަންނަން ބޭނުންވާ ދިވެހިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެކެވެ.

ގްލޯބަލް ދުކާން މެދުވެރިކޮށް ވިޔަފާރިކުރާނެ ގޮތް:

  1. އެޕް ސްޓޯރ ނުވަތަ ޕްލޭ ސްޓޯރ އިން "Global Ducan" ސާރޗް ކޮށްލުމަށްފަހު އެޕްލިކޭޝަން އިންސްޓޯލް ކޮށްލާށެވެ. ނުވަތަ www.globalducan.com ވެބްސައިޓް މެދުވެރިކޮށްވެސް މި ހިދުމަތް ހޯދޭނެއެވެ.
  2. އެޕްލިކޭޝަނަށް ލޮގިން ނުވަތަ ސައިން އަޕް ވެލައްވާށެވެ.
  3. އެޕްގެ ހޯމް ސްކްރީނުން އިންޑިއާގެ އެކި އީކޮމާސް ޕްލެޓްފޯމްތައް ފެންނަން ހުންނާނެއެވެ.
  4. ވިޔަފާރިކުރަން ބޭނުންވާ ޕްލެޓްފޯމެއް ހިޔާރުކޮށް، އެއަށް ފިތާލުމުން ގްލޯބަލް ދުކާންގެ ތެރެއިން އެ ފިހާރައަކަށް ވަދެވޭނެއެވެ.
  5. ގަންނަން ބޭނުންވާ އައިޓަމް ހިޔާރުކުރުމަށްފަހު "Shop via Global Ducan" އަށް ފިތާލުމުން އެ އައިޓަމެއް ކާޓަށް އިތުރުވާނެއެވެ. (ވަކިވަކި ވެބްސައިޓްތަކަށް ސައިންއިން ކުރާކަށް ނުޖެހޭނެއެވެ.)
  6. ކާޓަށް ލެވޭ އައިޓަމްގެ އަގު ކޮންފާމްވުމުން، ތަކެތީގެ ފައިނަލް އަގު ފެންނަން ހުންނާނެއެވެ.
  7. ތަފާތު އެކި ވެބްސައިޓްތަކުން އައިޓަމްތައް ކާޓަށް އެއްކުރުމަށްފަހު، ހުރިހާ އެއްޗަކަށް އެއްފަހަރާ ފައިސާ ދެއްކޭނެއެވެ.

މި ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް މޯލްޑިވްސް ޕޯސްޓްގެ ކޯލް ސެންޓަރު ނަންބަރު 3315555 އަށް ގުޅުއްވުމުން ނުވަތަ ޕޯސްޓްގެ ވެބްސައިޓުގައިވާ 'ޓޯކް' މެދުވެރިކޮށް މެސެޖު ކުރެއްވުމުން މައުލޫމާތު ސާފުކުރެވޭނެއެވެ.

ގްލޯބަލް ދުކާން ލިންކްތައް:

  • އައި.އޯ.އެސް: https://apps.apple.com/mv/app/global-ducan/id6754620719
  • ޕްލޭސްޓޯރ: https://play.google.com/store/apps/details?id=com.globalducan.app
  • ވެބްސައިޓް: https://globalducan.com/

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *