ކުރިއަށް އޮތް އަލްހާ އީދާ ދިމާކޮށް، ކުޑަކުދިންގެ މެދުގައި މަގުބޫލު ކުޅޭ އެއްޗިހި ވިއްކާ "ކޮކީ" ފިހާރައިން ހާއްސަ އީދު ބަންޑަލްތަކެއް މިއަދު ބާޒާރަށް ނެރެފިއެވެ.

މިއީ ދިވެހިންގެ މެދުގައި އޮންނަ އީދު ފާހަގަކުރުމުގެ ސަގާފީ ހަރަކާތްތަކާ ގުޅުވައިގެން، އީދުގެ އުފާވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ތައާރަފްކުރި ބަންޑަލްތަކެކެވެ. މާލެ އަދި ހުޅުމާލޭގައި ފިހާރަތައް ހިންގަމުން އަންނަ "ކޮކީ" އިން ތައާރަފްކުރި މި ބަންޑަލްތަކުގެ ތެރޭގައި، އީދުގައި އެންމެ ފޯރިގަދަވާ އެއް ހަރަކާތް ކަމަށްވާ ފެންކުޅި އާއި ކުލަޖެހުމަށް ބޭނުންވާ ތަފާތު ތަކެތި ހިމެނެއެވެ. އެގޮތުން ވޯޓާ ގަން، ވޯޓާ ބެލޫން އަދި ކަލަ ޕެކްތައް މި ބަންޑަލްތަކުގައި ހިމެނޭނެއެވެ.

އީދުގެ އުފާވެރިކަން އެންމެހާ ފަރާތްތަކަށް ހެޔޮ އަގުގައި ފޯރުކޮށްދިނުމުގެ ގޮތުން "ކޮކީ" އިން ވަނީ ތިން އަގެއްގެ ތިން ބަންޑަލްއެއް ތައާރަފްކޮށްފައެވެ. އެއީ:

  • 99 ރުފިޔާގެ ބަންޑަލް
  • 149 ރުފިޔާގެ ބަންޑަލް
  • 199 ރުފިޔާގެ ބަންޑަލް

ކޮކީގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި، ކޮންމެ ބަންޑަލެއްގައި ވެސް ފެންކުޅިއަށް ހާއްސަ ތަކެއްޗާއި ކުލަ ޖެހުމަށް ބޭނުންވާ ސާމާނު ހުންނާނެއެވެ. އަގަށް އަންނަ ބަދަލާ އެކު ތަފާތުވާނީ އެ ޕެކެއްގައި ހިމެނޭ ތަކެތީގެ ވައްތަރުތަކާއި މިންވަރެވެ. މި ބަންޑަލްތަކަކީ އީދުގައި އޮންނަ ސަގާފީ ކުޅިވަރުތައް އިތުރަށް ފުރިހަމަކޮށް، ކުޑަކުދިންނަށް މަޖާ މާހައުލެއް ހޯދައިދިނުމަށް އެހީތެރިވެދޭނެ ތަކެތި ކަމަށް އެ ފިހާރައިން ބުނެއެވެ.

މީގެ އިތުރުން، އީދު ހަދިޔާގެ ގޮތުގައި ކުޑަކުދިންނަށް ދިނުމަށް ވަރަށް ބޮޑަށް ގުޅޭ "މިސްޓްރީ ބޮކްސް" ތަކެއް ވެސް މި ހަފްތާގެ ތެރޭގައި ތައާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ. ތިން ސައިޒަކުން ލިބެން ހުންނާނެ މި ބޮކްސްތަކުގައި ކުޑަކުދިން ގަޔާވާނެ ފަދަ ތަފާތު ސަޕްރައިޒްތަކެއް ހިމެނޭނެ ކަމަށް ކޮކީ އިން މައުލޫމާތުދެއެވެ.

"ކޮކީ" އަކީ އަބަދުވެސް ތަފާތު މުނާސަބަތުތަކާ ގުޅުވައިގެން ކުޑަކުދިންނަށް ހާއްސަ ތަފާތު ޕެކޭޖުތައް ބާޒާރަށް ނެރެމުން އަންނަ ފިހާރައެކެވެ. އީދުގެ މި ހާއްސަ ބަންޑަލްތައް މާލެ އަދި ހުޅުމާލޭގައި ހުންނަ އެ ފިހާރައިގެ އައުޓްލެޓްތަކުން މިހާރު ލިބެން ހުންނާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *