ވިލާތުގެ ބާޒާރުތަކުގައި ދިވެހި ކަނޑުމަހުގެ އުފެއްދުންތަކަށް ނަގަމުންދާ ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ ކަނޑާލުމަށްޓަކައި ދިވެހި ސަރުކާރުން ބައިނަލްއަޤުވާމީ ފެންވަރުގައި މަޝްވަރާތައް ފަށާފައިވާކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ދައުލަތުގެ މީޑިއާ، އަށް ދެއްވި ޚާއްޞަ ބަސްތީގަތުމެއްގައި ވަޒީރު ވިދާޅުވީ، އިނގިރޭސިވިލާތަށް ބޭރުކުރާ ކަނޑުމަހަށް ނަގަމުން އައި 20 އިންސައްތައިގެ ޓެރިފް، އެ ޤައުމުގެ ސަރުކާރުން މިހާރު ދެ އަހަރު ދުވަހުގެ މުއްދަތަށް މެދުކަނޑާލާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މި ލުޔަކީ ދާއިމީ ލުޔަކަށް ހެދުމާއެކު، ވިލާތުގެ އިއްތިހާދުގެ (އީޔޫ) ބާޒާރުތަކުންވެސް މިފަދަ ފުރުޞަތުތަކެއް ހޯދުން ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ތާނގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ހަމައެކަނި އިނގިރޭސިވިލާތަށް ބޭރުކުރާ ތަކެތިން ޑިއުޓީ މަޢާފްކުރުމެއް ނޫން. އޭގެ ބަދަލުގައި ދާއިމީ ގޮތެއްގައި އިނގިރޭސިވިލާތަށް ބޭރުކުރާ ތަކެތިން ޑިއުޓީ މަޢާފްކުރެވި، ޔޫރަޕިއަން މާކެޓަށް އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކުގެ ނެގޯޝިއޭޝަންސް ކުރިއަށް ގެންދިއުން،

ވަޒީރު

މީގެ އިތުރުން، ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ މިންވަރާއި ބާވަތްތައް އިތުރުކޮށް، "ގުޑްސް އެންޑް ސާވިސެސް ކޮމްޕެރަބަލް ސްޓޭޓަކަށް" އައުމުން، ބޭރުގެ ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް އެކުލަވާލުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިހާރު ވިލާތުގެ ބާޒާރުގައި ދިވެހި ކަނޑުމަހަށް ނަގަމުންދަނީ 22 އިންސައްތައާއި 24 އިންސައްތައާ ދެމެދުގެ ޓެރިފެކެވެ. އެގޮތުން ގަނޑުކުރި މަހަށް 22 އިންސައްތަ ނަގާއިރު، ދަޅުމަހަށް 24 އިންސައްތައިގެ ޓެރިފެއް ނަގައެވެ. މި ޓެރިފް ނަގަން ފަށާފައިވަނީ 2011 ވަނަ އަހަރު ރާއްޖެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އުނިވުމާ ގުޅިގެންނެވެ. ކުރިން މުޅި ވިލާތުގެ ބާޒާރަށް އެކުގައި މަޝްވަރާ ކުރެވުނު ނަމަވެސް، އިނގިރޭސިވިލާތް އިއްތިހާދުން ވަކިވުމާ ގުޅިގެން މިހާރު މަޝްވަރާތައް ކުރިއަށްދަނީ ދެ ބަޔަކަށް ބެހިގެންނެވެ.

ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ، ދިވެހި މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރާ، ދުނިޔެ ޤަބޫލުކުރާ "ޕޯލް އެންޑް ލައިން" މަސްވެރިކަމަކަށް ވުމުން، ބައިނަލްއަޤުވާމީ ވާދަވެރި ބާޒާރުގައި ދިވެހި މަހަށް ރަނގަޅު އަގެއް ލިބޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި ސަރުކާރުގެ މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި މަސްވެރިންނަށް ބޮޑެތި މަންފާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *