ގދ. ގައްދޫ ބަނދަރު އަލުން ފަރުމާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމި، މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލް ހާމަކުރަމުން އެމްޓީސީސީން ބުނީ، މިހާރު ކުރިއަށްދަނީ ބަނދަރުގައި ބޮލާޑް ލައިޓް ހަރުކުރުމުގެ މަސައްކަތާއި، އުޅަނދުފަހަރު އެހެލާ ސަރަހައްދު ނުވަތަ ބީޗިން ރޭމްޕް ސަރަހައްދުގެ މަސައްކަތްތައް ކަމަށެވެ. މުޅި މަޝްރޫއުގެ 95 އިންސައްތަ މަސައްކަތް މިހާރު ވަނީ މުޅިން ފުރިހަމަކުރެވިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ އުމްރާނީ ތަރައްގީއަށް ދެއްވާ ހާއްސަ އަހަންމިއްޔަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަކީ ގައްދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި ބަނދަރު ނިމުމުން އެ ރަށުގެ މަސްވެރި އުޅަނދުފަހަރާއި އާންމު ދަތުރުފަތުރުގެ އުޅަނދުތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އެމްޓީސީސީގެ އަމާޒަކީ ބާކީ ހުރި މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމާލައި، ބަނދަރުގެ ހިދުމަތް ރައްޔިތުންނަށް ފުރިހަމައަށް ލިބޭނެ ގޮތް ހަމަޖެއްސުމެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *