ކުޑަ ވޯކްޝޮަޕެކެވެ. އެކަމަކު އެތަނުގެ މަސައްކަތްތަކަށް އޮަންނަ ޑިމާންޑް އިންތިހާއަށް ބޮޑެވެ. ޚާއްސަކޮށް އެތަނުން ހަދާ ސްޓެއިންލެސް ސްޓީލް (އެސްއެސް) ނަގިލިތަކަކީ ކަސްޓަމަރުންގެ އިތުބާރު އެންމެ ބޮޑަށް ހޯދާފައިވާ އެންމެ މުހިއްމު އެއް އުފެއްދުމެވެ.
"ސަލީމްބެ ވޯކްޝޮޕު"ން އަބަދުވެސް އެސްއެސް ނަގިލި ގަންނަން ލިބެއެވެ. ތަފާތު ސައިޒުތަކުންނެވެ. އަގުތައްވެސް ނިސްބަތުން ހެޔޮކަން ފާހަގަ ކުރެވެއެވެ.
އާންމު އަގުތަކަށް ބަލާއިރު ކުޑަ އެސްއެސް ނަގިއްޔެއް، 1500 ރުފިޔާއަށް ވިއްކާއިރު ބޮޑެތި އުޅަނދު ފަހަރަށް ޚާއްސަ ދަތްދިގު ބޮޑު ނަގިލި ހުރީ 5000 ރުފިޔާއިން މަތީގައެވެ.
ސަލީމްބެ ވޯކްޝޮޕައި މަސައްކަތްކުރާ ބިދޭސީން މަސައްކަތްތެރިން ބުނީ ނަގި އަބަދުވެސް ވިކޭ ކަމަށާއި އެހެންވެ ސްޓޮކް ހުސްވިޔަ ނުދީ އަބަދުވެސް ހިފަހައްޓަން ވެރިފަރާތުން އިރުޝާދު ދީފައިވާ ކަމަށެވެ. އެހެންކަމުން އެސްއެސް ނަގިއްޔެއް ގަންނަން ބޭނުންވެއްޖެ ނަމަ އެންމެ ފުރަތަމަ ހަނދާނަށް ގެންނަވީ ސަލީމްބެ ވޯކްޝޮޕެވެ.
