މޯލްޑިވްސް ޕްރިމިއަރ ބޭންކް (އެމް.ޕީ.ބީ)ގެ ޑިޖިޓަލް ޙިދުމަތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، އިފުތިތާޙުކޮށްދެއްވައިފިއެވެ.

ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވެވި އެ ބޭންކުގެ އިފްތިތާހީ ރަސްމިއްޔާތެއްގައި މޯލްޑިވްސް ޕްރިމިއަރ ބޭންކުގެ މޯބައިލް އެޕްލިކޭޝަން 'އެމް.ޕީ.ބީ ޕްލަސް" އާއި އިންޓަރނެޓް ބޭންކިންގ ޚިދުމަތްވެސް ރައީސް ޑރ މުއިއްޒު ވަނީ އިފުތިތާޙުކޮށްދެއްވާފަ އެވެ.

އެމް.ޕީ.ބީ އަކީ ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުޙައްމަދު ޢަލީ ޖަނާޙް އުފެއްދެވި އޭނާގެ ހިއްސާ އޮންނަ ބޭންކެކެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވާ ނޫސް ބަޔާނުގައިވާ ގޮތުން، ރާއްޖޭގައި ބޭންކެއް ގާއިމްކުރުމަށް ޕްރިމިއަރ ބޭންކަށް ލައިސަންސް ދީފައިވަނީ މިދިޔަ އަހަރުގެ އެ ކުންފުންޏަށް، ޓިއަރ 1 ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ލައިސަންސް ދިނުމުގެ ކުރިން ދޫކުރި ހުއްދައިގެ ދަށުން ކަނޑައެޅި ޝަރުތުތައް އެ އެކުންފުނިން ފުރިހަމަ ކުރުމުން ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *