މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއާމަންކަމުގެ މަޤާމަށް އަޙްމަދު ޝަހީރު އައްޔަންކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވިދާޅުވީ، އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށާއި، ޗެއާމަންކަމުގެ މަޤާމަށް މ. ލާލުބާޣު، އަޙްމަދު ޝަހީރު އައްޔަންކުރައްވާފައިވާ ކަމަށެވެ. މި ބަދަލު ގެނެސްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައެވެ.

އަޙްމަދު ޝަހީރަކީ ސަރުކާރުގެ ކުންފުނިތައް ހިންގެވުމުގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުގައި އެމަނިކުފާނު ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަޤާމުވެސް ފުރުއްވާފައެވެ.

މީގެއިތުރުން، ޝަހީރު ވަނީ މީގެކުރިން ފެނަކަ ކޯޕަރޭޝަންގެ ބޯޑުގެ ޗެއާމަންކަމުގެ މަޤާމުގެ އިތުރުން، 2014 އިން 2018 އަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުވެސް ކާމިޔާބުކަމާއެކު އަދާކުރައްވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *