ރާއްޖޭގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ބޮޑު ފުޑް އެންޑް ހޮސްޕިޓާލިޓީ ޓްރޭޑް ޝޯ ކަމަށްވާ "ހޮޓެލް އޭޝިއާ އެގްޒިބިޝަން" ގައި ބައިވެރިވެ، އައު ބްރޭންޑެއް ތަޢާރަފުކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ނިންމައިފިއެވެ.

އެސްޓީއޯ އިން މަޢުލޫމާތު ދިން ގޮތުގައި، މި އަހަރުގެ އެގްޒިބިޝަންގައި އެ ކުންފުނީގެ ސްޓޯލް ޚާއްޞަކޮށްފައިވަނީ އެސްޓީއޯގެ ޖެނެރަލް ޓްރޭޑިންގ، އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އެނާޖީގެ ޚިދުމަތްތަކަށެވެ. އެގޮތުން އެސްޓީއޯ ސުޕަމާކެޓުން ލިބެން ހުންނަ ބައެއް އުފެއްދުންތައް ބޭނުންކޮށްގެން ވަގުތުން ލުއިކާނާ ތައްޔާރުކުރާ ސްޓޭޝަނަކާއި، އެގްޒިބިޝަން ކުރިއަށްދާ ތިން ދުވަހުވެސް "ކޮފީސްޓޭޓް" ގެ ޚާއްޞަ ބުއިންތަކެއް ހިލޭ ލިބޭނެ އިންތިޒާމު އެ ސްޓޯލުން ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން އެސްޓީއޯއިން އެތެރެކުރާ އެކި ބާވަތްތަކުގެ އުފެއްދުންތަކާ ގުޅޭ މަޢުލޫމާތުވެސް މި ސްޓޯލުން ފޯރުކޮށްދޭނެއެވެ.

މި ފަހަރުގެ އެގްޒިބިޝަންގެ އެންމެ ޚާއްޞަ އެއް ހަރަކާތެއްގެ ގޮތުގައި، ދެވަނަ ދުވަހު އެސްޓީއޯއިން މުޅިން އައު ބްރޭންޑެއް ތަޢާރަފުކުރާނެއެވެ. އަދި އަލަށް ތަޢާރަފުކުރާ މި ޕްރޮޑަކްޓް ބޭނުންކޮށްގެން ތައްޔާރުކުރާ މީރު އައިސްކްރީމާއި ފޮނިކާތަކެތީގެ ރަހަ ބަލާލުމުގެ ފުރުޞަތު އެގްޒިބިޝަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ހަމައެއާއެކު، އެސްޓީއޯ އެނާޖީގެ ފަރާތުން މި ސްޓޯލްގައި ކުރިއަށް ގެންދާނީ ރިސޯޓުތަކަށް ޚާއްޞަކޮށްގެން ތެޔޮ އުފުލައިދިނުމުގެ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ދިނުމާއި، އެ ދާއިރާގައި ކަސްޓަމަރުންގެ ޑިމާންޑާއި ބޭނުންތައް ހުރި މިންވަރު ދެނެގަތުމުގެ މަސައްކަތްތަކެވެ.

އެސްޓީއޯގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން "ރެޖިސްޓާ އެންޑް ވިން" ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮމޯޝަންގެ ދަށުން، ސްޓޯލްގައި ރަޖިސްޓްރީކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ކޮންމެ ދުވަހަކުވެސް ނަސީބުވެރި އެއް ފަރާތަކަށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން "ފޮލޯ އެންޑް ވިން" ހަރަކާތުގެ ދަށުން، އެސްޓީއޯ ޕީޕަލްސް ޗޮއިސް ޕޭޖް ފޮލޯކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ޑިޝްވޮޝާއެއް ލިބުމުގެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *