ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން އޮޕަރޭޝަންތަކުގައި މިހާތަނަށް 1.2 މިލިޔަނަށް ވުރެ ގިނަ ފަސިންޖަރުން އުފުލާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވެއްޖެއެވެ.

އިޔާސް މިކަން ހާމަކުރެއްވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ހުންނަ މޯލްޑިވިއަންގެ ސީޕްލޭން ޓާމިނަލް އިތުރަށް ތަރައްޤީކޮށް، އަލުން ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިޔާސް ވިދާޅުވީ، 2014 ވަނަ އަހަރުގެ އޭޕްރީލް މަހު މޯލްޑިވިއަންގެ ސީޕްލޭން ޚިދުމަތް ފެށިގެން ދިޔުމަކީ އެ ކުންފުނީގެ ތާރީޚުގައި އައު ބާބެއް ފެށުނު މުހިންމު ދުވަހެއް ކަމަށެވެ. އެގޮތުން، މި ޚިދުމަތާއެކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ރިސޯޓްތަކާއި ދުރު ރަށްތައް އެއްވިއުގައަކުން ގުޅާލުމުގެ ވަރުގަދަ ބިންގަލެއް އެޅިގެންދިޔަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަދި 2015 ވަނަ އަހަރު ޓާމިނަލް ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފެށީ އެންމެ 2 ބޯޓުން ކަމުގައި ވިޔަސް، މިއަދު އެ ކުންފުނީގެ ސީޕްލޭން ފްލީޓްގައި 11 ޓުވިން އޮޓަރ މަތިންދާބޯޓު އޮތްކަން އިޔާސް ފާހަގަކުރެއްވިއެވެ. މިއަދު މި ޚިދުމަތް ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ވަރުގަދަ ބައިވެރިންނާއި ތަޖުރިބާކާރު މުވައްޒަފުންނާއެކު ފުޅާވެ، ޒަމާނީ ވަސީލަތްތަކާއެކު ކުރިއަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސީޕްލޭންގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމެއްކަން ފާހަގަކުރައްވަމުން އިޔާސް ވިދާޅުވީ، ޓާމިނަލް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިދިޔަ އަހަރު ފަށައި ގިނަ ކަންތައްތަކެއް ކާމިޔާބުކުރެވިފައިވާ ކަމަށެވެ.

ސީޕްލޭން ލައުންޖުގެ ޖާގަ 2 ގުނަ ބޮޑުކޮށްފަ. ކިޑްސް ޕްލޭ އޭރިއާއަކާއި ފަސިންޖަރުންނަށް ޚާއްސަ ލުއިކާނާ އަދި ސުވެނިއަރ ލިބޭނެ ކިއޯސްކެއް ޤާއިމްކޮށްފައިވޭ. ބޯޑިން ގޭޓްގެ އަދަދު އިތުރުކޮށް، ލައުންޖުގެ ދިވެހި މާހައުލާ ގުޅޭގޮތަށް އައުޓްޑޯ އޭރިއާއެއް ވަނީ ޤާއިމްކޮށްފައި،

ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން އޮޕަރޭޝަންތަކުގައި މިހާތަނަށް 1.2 މިލިޔަނަށް ވުރެ ގިނަ ފަސިންޖަރުން އުފުލާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވެއްޖެއެވެ.

އިޔާސް މިކަން ހާމަކުރެއްވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ހުންނަ މޯލްޑިވިއަންގެ ސީޕްލޭން ޓާމިނަލް އިތުރަށް ތަރައްޤީކޮށް، އަލުން ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިޔާސް ވިދާޅުވީ، 2014 ވަނަ އަހަރުގެ އޭޕްރީލް މަހު މޯލްޑިވިއަންގެ ސީޕްލޭން ޚިދުމަތް ފެށިގެން ދިޔުމަކީ އެ ކުންފުނީގެ ތާރީޚުގައި އައު ބާބެއް ފެށުނު މުހިންމު ދުވަހެއް ކަމަށެވެ. އެގޮތުން، މި ޚިދުމަތާއެކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ރިސޯޓްތަކާއި ދުރު ރަށްތައް އެއްވިއުގައަކުން ގުޅާލުމުގެ ވަރުގަދަ ބިންގަލެއް އެޅިގެންދިޔަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަދި 2015 ވަނަ އަހަރު ޓާމިނަލް ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފެށީ އެންމެ 2 ބޯޓުން ކަމުގައި ވިޔަސް، މިއަދު އެ ކުންފުނީގެ ސީޕްލޭން ފްލީޓްގައި 11 ޓުވިން އޮޓަރ މަތިންދާބޯޓު އޮތްކަން އިޔާސް ފާހަގަކުރެއްވިއެވެ. މިއަދު މި ޚިދުމަތް ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ވަރުގަދަ ބައިވެރިންނާއި ތަޖުރިބާކާރު މުވައްޒަފުންނާއެކު ފުޅާވެ، ޒަމާނީ ވަސީލަތްތަކާއެކު ކުރިއަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސީޕްލޭންގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމެއްކަން ފާހަގަކުރައްވަމުން އިޔާސް ވިދާޅުވީ، ޓާމިނަލް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިދިޔަ އަހަރު ފަށައި ގިނަ ކަންތައްތަކެއް ކާމިޔާބުކުރެވިފައިވާ ކަމަށެވެ.

"ސީޕްލޭން ލައުންޖުގެ ޖާގަ 2 ގުނަ ބޮޑުކޮށްފަ. ކިޑްސް ޕްލޭ އޭރިއާއަކާއި ފަސިންޖަރުންނަށް ޚާއްސަ ލުއިކާނާ އަދި ސުވެނިއަރ ލިބޭނެ ކިއޯސްކެއް ޤާއިމްކޮށްފައިވޭ. ބޯޑިން ގޭޓްގެ އަދަދު އިތުރުކޮށް، ލައުންޖުގެ ދިވެހި މާހައުލާ ގުޅޭގޮތަށް އައުޓްޑޯ އޭރިއާއެއް ވަނީ ޤާއިމްކޮށްފައި،" އިޔާސް ވިދާޅުވިއެވެ.

މީގެއިތުރުން މުޅި ޓާމިނަލްގެ އެތެރެއާއި ބޭރަށް ޒަމާނީ ބަދަލުތަކެއް ގެނެވިފައިވާއިރު، މުވައްޒަފުންނަށް ޚާއްސަ ކެންޓީނެއްގެ ޚިދުމަތް ހިމެނޭހެން، ކުރިން ބޭނުންކުރި 10،000 އަކަފޫޓުގެ ޖާގަ މިހާރު ވަނީ ދެގުނައަށް ބޮޑުކޮށްފައެވެ.

މޯލްޑިވިއަންގެ ސީޕްލޭން ފްލީޓް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ ދެ ޓުވިން އޮޓަރ ކްލެސިކް 300ޖީ މަރުކާގެ ބޯޓަށް މިއަހަރުގެ އޯގަސްޓް މަހު ވަނީ އޯޑަރު ދީފައެވެ. މި ދެ ބޯޓު އަންނަ އަހަރު ރާއްޖެ ގެނެސް، އޮޕަރޭޝަނަށް ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *