ޖަރުމަނުގެ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ، ބައިނަލްއަޤުވާމީ ބާޒާރުގައި ބޮޑު މަޤުބޫލުކަމަކާއި އިތުބާރެއް ހޯދާފައިވާ "ޓޯސަން" ބްރޭންޑުގެ ކަރަންޓު ސާމާނުތައް، ރާއްޖޭގައި ހުންނަ ލިއޯ ސްޓޯރ އެންޑް ސަޕްލައި މެދުވެރިކޮށް ރަސްމީކޮށް ލިބެން ފަށައިފިއެވެ.

ރާއްޖޭގެ ބާޒާރުގައި ޓޯސަން ބްރޭންޑުގެ އުފެއްދުންތައް ވިއްކުމުގެ ހުރިހާ ޙައްޤެއް ލިބިފައިވާ ހަމައެކަނި އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އަކީ ލިއޯ ސްޓޯރ އެންޑް ސަޕްލައިއެވެ.

އިމާރާތްކުރުމުގެ ދާއިރާއާއި، ސިނާޢީ މަސައްކަތްތަކުގެ އިތުރުން މެރިން ސިނާއަތް ފަދަ އެކި ދާއިރާތަކަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ފެންވަރު ރަނގަޅު ގިނަ ބާވަތްތަކެއްގެ ކަރަންޓު ސާމާނު މި ބްރޭންޑުގެ ދަށުން މިހާރު ރާއްޖެއިން ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ކަރަންޓު ސޮކެޓާއި، އެކި ބާވަތްތަކުގެ ސޭފްޓީ ބްރޭކަރުތައް ކަމަށްވާ އެމްސީބީ (MCB) އަދި އީއެލްސީބީ (ELCB) ހިމެނެއެވެ. މީގެއިތުރުން އެކި ވައްތަރުގެ ސްވިޗް، ޑީބީ ބޮކްސް، ފާރުގައި ހަރުކުރާ ފޮށި އަދި މޫސުމީ ބަދަލުތަކުން ރައްކާތެރިކޮށްދޭ ފެން ނުވަންނަ (ވޯޓަރޕްރޫފް) ބޮކްސްތައް ވެސް ހިމެނެއެވެ.

ޓޯސަން ބްރޭންޑަކީ އަބަދުވެސް އުފެއްދުންތަކުގެ މޮޅު ފެންވަރު ހިފެހެއްޓުމަށާއި، ބައިނަލްއަޤުވާމީ ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތަކަށް ފެތޭނޭހެން ތަކެތި އުފެއްދުމަށް ޚާއްޞަ އިސްކަމެއް ދޭ ބްރޭންޑެކެވެ. ލިއޯ ސްޓޯރ މެދުވެރިކޮށް މި ތަކެތި ރާއްޖޭގެ ބާޒާރަށް ތަޢާރަފުވެގެން ދިއުމަކީ، ރާއްޖޭގެ ކޮންސްޓްރަކްޝަން އަދި އެހެނިހެން ސިނާޢަތްތަކަށް އިތުބާރުހުރި، ރައްކާތެރި ކަރަންޓު ސާމާނު ލިބިގަތުމަށް ފަހިވެގެންދިޔަ މުހިންމު ފުރުޞަތެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *