ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ އަދި އެންމެ ކުލަގަދަ އެއް ދުވުމުގެ ހަރަކާތް ކަމަށްވާ "އުރީދޫ ފަން ރަން 2026″ ގެ ރަސްމީ ފިނިޝަރ މެޑަލް، އުރީދޫ މޯލްޑިވްސް އިން ރަސްމީކޮށް ދައްކާލައިފިއެވެ.

އުރީދޫން ހާމަކުރި ގޮތުގައި މި މެޑަލް ފަރުމާކޮށްފައިވަނީ އެ ހަރަކާތުގެ އަސްލު ކަމުގައިވާ އުފާވެރިކަމާއި، ފޯރިއާއި، ކާމިޔާބީގެ އިހުސާސްތައް ރަމްޒުކޮށްދޭ ގޮތަށެވެ. ފަސް ކިލޯމީޓަރުގެ މި ދުވުން ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށްވެސް މި އަހަރުގެ މެޑަލް ލިބިގެންދާނެއެވެ. އެ ކުންފުނިން ފާހަގަކުރި ގޮތުގައި، މިއީ ދުވުމުގެ ތެރެއިން ހިއްސާކުރެވޭ ހިނިތުންވުންތަކާއި، ރަހުމަތްތެރިކަމާއި، ދުވަހަކުވެސް ހަނދާން ނުނެތޭނެ ފަދަ އުފާވެރި ވަގުތުކޮޅުތައް ރަމްޒުކޮށްދޭނެ އަގުހުރި ހަނދާނީ ހަދިޔާއެކެވެ.

އުރީދޫ ފަން ރަންއަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނާއި އާއިލާތަކާއި، ރަހުމަތްތެރިންގެ އިތުރުން ދުޅަހެޔޮ ސިއްހަތަކަށް ލޯބިކުރާ ގިނަ ފަރާތްތަކެއް އެއްތަނަކުން ބައްދަލުކޮށްދޭ ހާއްސަ ހަރަކާތެކެވެ. މަޖަލާއި އުފާވެރިކަމުން ފުރިގެންވާ މާހައުލެއްގައި ބޭއްވޭ މި ދުވުމުގެ ތެރެއިން އެއްބައިވަންތަކަމާއި ހަރަކާތްތެރި ދިރިއުޅުމެއްގެ މުހިންމުކަން ދައްކުވައިދެއެވެ.

ދުވުމުގެ މަގުމަތީގައި ހިމެނޭ ފޯރިގަދަ ކަލަ ސްޓޭޝަންތަކާއި، މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއެކު، ބައިވެރިންނަށް އެމީހަކު ބޭނުން ދުވެއްޔެއްގައި ދުވެފައި، ހިނގާފައި ނުވަތަ ނަށަމުންވެސް މި ދުވުން ނިންމާލުމުގެ ފުރުސަތު އޮންނާނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ.

މީގެ ކުރީ އަހަރުތަކުގައި ބޭއްވި ފަން ރަންތަކަށް ލިބުނު ބޮޑު ތަރުހީބާއި ކާމިޔާބީގެ މައްޗަށް ބިނާކޮށް، އުރީދޫ ފަން ރަން 2026 ވެގެންދާނީ ބައިވެރިންނަށާއި މުޅި މުޖުތަމައަށްވެސް ހަނދާނުން ފޮހެލަން ދަތި، ކުރިއަށްވުރެވެސް ކުލަގަދަ އަދި ޝައުގުވެރި ތަޖުރިބާއަކަށް ކަމަށް އުރީދޫން ބުނެއެވެ.

މި ފޯރިގަދަ ދުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓާވުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުގެ ރޭ 11:59 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *