ރޯދަމަހާ ދިމާކޮށް މަސްދަޅުގެ ޑިމާންޑް ބޮޑުވިނަމަވެސް، މަސްދަޅު ހުސްނުވެ ރައްޔިތުންނަށް ލިބޭނެ ކަމުގެ ޔަގީންކަން  މިފްކޯއިން ދީފިއެވެ.

މިދުވަސްވަރު މިފްކޯގެ ފިހާރަތަކުން މަސްދަޅު ވިއްކުމުގައި ކޮންޓްރޯލެއް ގެންގުޅޭތީ، އެކަމާ ގުޅޭގޮތުން އެމްއެމްޓީވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިފްކޯގެ ސީނިއަރ މެނޭޖަރ، ޕަބްލިކް ރިލޭޝަންސް ޝިފްޒާ މުސްތަފާ ވިދާޅުވީ އާންމުކޮށް ރޯދަމަހާ ދިމާކޮށް މިފްކޯގެ މަސްދަޅަށް ޑިމާންޑް ބޮޑުވާ ކަމަށެވެ. އެގޮތުން މިފަހަރުވެސް ޑިމާންޑް ބޮޑުވެފައިވާއިރު، ހުރިހާ ރައްޔިތުންނަށް ވެސް މަސްދަޅު ލިބޭކަން ކަށަވަރުކުރުމަށްޓަކައި އަޅަންވާ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެ ފިޔަވަޅުތަކާއެކު މިފްކޯގެ ފިހާރަތަކުން މަސްދަޅު ހުސްނުވެ، ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ކަމަށް ޝިފްޒާ ވިދާޅުވިއެވެ.

"ހުރިހާ ރައްޔިތުންނަށް މަސްދަޅު ލިބޭކަން ކަށަވަރު ކުރުމަށް، އަޅުގަނޑުމެން މި ލީ، ގަނޑުކޮށް ކޭސް ވިއްކުމަށް ކުޑަ ކޮންޓްރޯލެއް. އެ ކޮންޓްރޯލާއެކުވެސް މިހާރުވެސް ކޭސްވެސް ލިބޭނެ" ޝިފްޒާ ވިދާޅުވިއެވެ.

މި ދުވަސްވަރު މަސްވެރިކަން ދަށްވި ނަމަވެސް މިފްކޯއަށް މަސް ކިރުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ. އެހެންކަމުން ބާޒާރުން މިފްކޯގެ މަސްދަޅު ހުސްނުވެ ލިބޭނެކަމުގެ ޔަގީންކަން މިފްކޯއިން ދެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *