ސ. ހުޅުމީދޫ، ފޭދޫ އަދި ޏ. ފުވައްމުލަކާ ދެމެދު ދަތުރުކުރާ ކާގޯ ފެރީ ރޫޓަށް މިއަދު އިތުރު ދަތުރެއް ތާވަލުކޮށް، ހުޅުމީދޫ އަދި ފޭދޫއާ ދެމެދު ކުރާ ސައިކަލް ފެރީގެ ދަތުރުތައް ކެންސަލްކޮށްފިއެވެ.
މިކަން ހާމަކޮށް ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކާގޯ ފެރީ ރޫޓު (C609) ގެ ދަށުން މާދަމާ، 26 ނޮވެމްބަރު ވާ ދުވަހު އިތުރު ދަތުރެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، ހުޅުމީދޫ އަދި ފޭދޫއާ ދެމެދު ދަތުރުކުރާ 608 ނަންބަރު ސައިކަލް ފެރީގެ މާދަމާގެ ދަތުރުތައް ކެންސަލްކުރެވިފައިވާތީ، އެކަމަށް ކަސްޓަމަރުން ސަމާލުވުމަށް ވަނީ އެދިފައެވެ.
މިއަދު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޚާއްޞަ ކާގޯ ފެރީގެ ޝެޑިއުލް:
ފުރަތަމަ ދަތުރު (ޓްރިޕް 1):
- ހުޅުމީދޫން ފުރުން: ހެނދުނު 08:00 | ފޭދުއަށް ދިއުން: ހެނދުނު 08:45
- ފޭދޫން ފުރުން: ހެނދުނު 10:30 | ފުވައްމުލަކަށް ދިއުން: މެންދުރުފަސް 13:00
ދެވަނަ ދަތުރު (ޓްރިޕް 2):
- ފުވައްމުލަކުން ފުރުން: މެންދުރުފަސް 14:45 | ފޭދުއަށް ދިއުން: ހަވީރު 17:15
- ފޭދޫން ފުރުން: އިރުއޮއްސި 18:30 | ހުޅުމީދުއަށް ދިއުން: ރޭގަނޑު 19:15
މި ދަތުރުތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވުމަށް އެދިފައިވެއެވެ. މި ބަދަލުތަކާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭކަމަށްވެސް އެ ފަރާތުން މަޢުލޫމާތު ދެއެވެ.

