މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް މެދުކެނޑުމެއްނެތި ގިނަ ދުވަސްތަކެއް ވަންދެން ޚިދްމަތްކޮށްދެއްވި ޚިދްމަތްތެރި މުވައްޒިފުންގެ އަގު އެކުންފުނުން ވަޒަންކޮށްފިއެވެ.
އެމްއޭސީއެލްއިން ވަނީ އެކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަގު ވަޒަން ކުރުމަށްޓަކައި މިދޔަ ހުކުރު ދުވަހު ޚާއްސަ ހަފްލާއެއް ބާއްވާފަ އެވެ. މިހަފްލާގައި އެކުންފުންޏަށް 20 އަހަރާއި 40 އަހަރާ ދެމެދުގެ މުއްދަތަކަށް ޚިދުމަތްކުރަމުން އަންނަ މުވައްޒަފުންގެ އަގު ވަޒަންކޮށް ވަނީ އެވޯޑު ދީފަ އެވެ. އެގޮތުން މިއެވޯޑު ވަނީ 139 މުވައްޒަފަކަށް ދީފައިވެއެވެ.

· އޭގެ ތެރޭ ހިމެނެނީ 20 އަހަރު ޚިދުމަތް ކޮށްދީފައިވާ 24 މުވައްޒަފުން، 25 އަހަރު ޚިދުމަތް ކޮށްދީފައިވާ 69 މުވައްޒަފުން، 30 އަހަރު ޚިދުމަތް ކޮށްދީފައިވާ 35 މުވައްޒަފުން، 35 އަހަރު ިޚިދުމަތް ކޮށްދީފައިވާ 6 މުވައްޒަފުން އަދި 40 އަހަރު ޚިދްމަތް ކޮށްދީފައިވާ 5 މުވައްޒަފުންނެވެ.

ކުންފުނީގެ މަސައްކަތުން ރިޓަޔާކޮށްފައިވާ 11 މުވައްޒަފެއްގެ ޚިދުމަތުގެ އަގު ވަޒަންކޮށް ވެސް އެ ރަސްމިއްޔާތުގައި ވަނީ ހަނދާނީ ފިލާ ދީފަ އެވެ.
އެމްއޭސީއެލްގައި 4،000އާ ގާތްކުރާ ޢަދަދަކަށް މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *