ރައީސް ޑރ މުޙައްމަދު މުޢިއްޒު މިނިސްޓަރުންގެ ނައިބުންގެ މަޤާމަށް 26 ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.

މިނިސްޓްރީ ތަކުގެ ނައިބުންގެ މަޤާމަށް އައްޔަނު ކުރައްވައިފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނެނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ނައިބުގެ މަޤާމަށް ހަމަޖެއްސެވި ޞާލިޙް

ޙުސައިނާއި ޢާއިޝަތު ޝަހުދާ ޢަބްދުﷲ، އަޙްމަދު ސާލިމް ސަޢީދު އަދި މުޙައްމަދު ޢައިޝްއެވެ.

މީގެއިތުރުން މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބުގެ މަޤާމަށް ހަމަޖެއްސެވި އިބްރާހީމް ޔޫސުފްފުުޅާއި، މުޙައްމަދު ޔާމީން އަޙްމަދު ހިމެނެއެވެ. ހަމަމިއާއި އެކު މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ނައިބުގެ މަޤާމަށް، އަޙްމަދު ޝާފިޢު އަދި ޙައްމާދު ޢަބްދުލްކަރީމް ވަނީ ހަމަޖައްސަވައިފައެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަޤާމަށް، ޙައްވާ ލަޠީފާއި ޢަލީ އަޙްސަން އިޙްސާން ވަނީ ހަމަޖައްސަވައިފައެވެ.

މީގެ އިތުރުން މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބުގެ މަޤާމަށް ސުލްޠާން ރާމިޒް އަދި މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުގެ މަގާމަށް، އަޙްމަދު ސާއިދު މުޞްތަފާ ވެސް ވަނީ ހަމަޖައްސަވައިފައެވެ.

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބުގެ މަޤާމަށް، ޙައްސާނު ޙަމީދު، މުޙައްމަދު ރިޝްމީ އަދި އަޙްމަދު ޢާލީ ވަނީ ހަމަޖައްސަވައިފައެވެ.

އަދި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ނައިބުގެ މަޤާމަށް، ޙުސައިން ޝިފާޒް، ފާޠިމަތު ފަޒުލާ ރަޝީދު، އާމިނަތު ޝަޖަން އަދި ޢާއިޝަތު ނާޡިމާ ވަނީ އައްޔަނުކުރައްވައިފައެވެ. މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ނައިބުގެ މަޤާމަށް، މަލްޝާ ޝަރީފް އަދި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބުގެ މަ

ޤާމަށް މުޙައްމަދު ޢިމްރާން ޙަސަންވަނީ އައްޔަނުކުރައްވައިފައެވެ. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ނައިބުގެ މަޤާމަށް، އާމިނަތު ނަދާ މުޙައްމަދު، ޛޫޝާން ކަމާލުއްދީން ވަނީ އައްޔަނުކުރައްވައިފައެވެ.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ނައިބުގެ މަޤާމަށް، މުޙައްމަދު ޢަވާދު އަޔާޟް އަދި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ނައިބުގެ މަޤާމަށް ޙައްސާނު މުޙައްމަދު އަދި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު މަޤާމަށް، ފާޠިމަތު އިފާޝާ ވަނީ ހަމަޖައްސަވައިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *