އާސަންދައިގެ ދަށުން އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދޭނެ ގޮތައް ރައީސް ޑރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

ކެބިނެޓްގެ ބައްދަލުވުމުގައި ނިންމެވި ކަންކަން ޚިއްސާ ކުރެއްވުމަށް ބޭއްވެވި ބައްދަލު ވުމުގައި ރައީސް ޑރ މުޢިއްޒު ވަނީ މިކަން އިޢްލާނު ކުރައްވައިފައެވެ.

މިކަމާއި ގުޅޭ ގޮތުން ވާހަކަ ފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ އާސަންދައާ ގުޅޭގޮތުން 3 ކަމަކަށް މިސަރުކާރުން ވަޢުދުވެފައިވާކަމަށެވެ.

މިއާއި އެކު ރައީސް މުޢިއްޒު ވިދާޅުވީ ފުރަތަމަ ކަމެއްގެ ގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، ބަލިޖެހުމުގެ ކުރިން އެ ބަލިން ރައްކާތެރިކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ މައިގަނޑު އެއް ސިޔާސަތުކަމަށެވެ.

އެހެންކަމުން އާސަންދައިގެ ތެރޭގައި ހިމެނޭ ޚިދުމަތެއްގޮތުގައި މެޑިކަލް ޗެކްއަޕް ފޯރުކޮށްދީ، އެކަމަށް މީހުން އަހުލުވެރިކުރުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެއާއެކު އެކި އުމުރުފުރަޔަށް ބަހާލައިގެން އެކިކަހަލަ ޕެކޭޖްތައް ކަނޑައަޅައި ޢިއުލާން ކުރައްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ޑޮކްޓަރުން ވަކި ކަމަކަށް ލަފާ ދީފިނަމަ، އެ ދޭ ލަފާގެ މައްޗަށް އަހަރަކު ދެފަހަރު އާސަންދައިގެ ތެރެއިން އެކި ކަހަލަ ޕްރޮފައިލްތައް ހެދޭނެ ކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.

އަދި މި ކަންކަމުގެ ސަބަބުން ޤައުމުގައި ފެތުރޭ ގައިންގަޔަށް ނާރާ ބަލިތަކާއި، ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް އެހީއަކަށް ވެގެންދާނެ ކަމަށާއި، ރައްކާތެރިގޮތެއްގައި ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަންކުރުމަށް އެހީތެރިވެގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *