ނައިބުރައީސް ހުސެއިން މުޙައްމަދު ލަޠީފް ޗައިނާ ޔުނާން ސްޕޯޓްސް ވަރކިންގ ޓީމްގެ ޓްރެއިނިންގ ބޭސްއަށް ޒިޔާރަތްކުރައްވައިފިއެވެ.

ނައިބްރައީސް ޔުނާން ސްޕޯޓްސް ވަރކިންގް ޓީމް ޓްރެއިނިންގ ބޭސް އަށް ޒިޔާރަތް ކުރެއްވެވީ އެމަނިފާނު “ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ޒިޔާރަތުގައި ނައިބުރައީސް ވަނީ، ޖޫޑޯ، ޖިމްނާސްޓިކްސް، ފެތުން އަދި އެހެން ކުޅިވަރުތަކުގެ ތަމްރީނުތައް ކުރިއަށްގެންދާ ތަނަށް ޒިޔާރަތްކުރައްވައި، ތަމްރީނުތައް ކުރިއަށްދާ ގޮތާއި އެ މަރުކަޒު ބައްލަވާލައްވާފައެވެ.

އަދި އެ މަރުޒަކުގެ އިސްވެރިން ވަނީ، ރާއްޖޭގެ އެތުލީޓުންވެސް އެތަނުގައި ތަމްރީނުތައް ކުރިއަށްގެންދިއުމަށް އެދޭކަން ފާހަގަކުރައްވާފައެވެ.ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ އިން އިންތިޒާމުކޮށްގެން ބާއްވާ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ނައިބުރައީސް ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މި ހިނގާ ޑިސެމްބަރު 7-8 އަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމުގައި ނައިބުރައީސްގެ އަރިހުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގަންނަވައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *