ޤައުމީ އެންޓި ކޮރަޕްޝަން ކޮމިޝަން އެކަޑަމީ ތަޢާރަފްކޮށްފިއެވެ.

މި އެކަޑަމީ ތަޢާރަފްކޮށްފައިވަނީ މިއަދު ބައިނަލްއަޤްވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައެވެ.

އެކަޑަމީ އިފްތިތާހްކޮށްދެއްވާފައިވަނީ ރައީސް ޑރ.މުހައްމަދު މުޢިއްޒެވެ.

މިއީ ރާއްޖޭގައި ކޮރަޕްޝަނާއި ދެކޮޅަށް މީހުން ބިނާކުރުމާއި މީހުން ހޭލުންތެރިކުރުމުގެ މަޤްސަދުގައި އުފެއްދި ފުރަތަމަ އެކަޑަމީއެވެ. މި އެކަޑަމީގެ މައިގަނޑު މަޤްސަދުގެ ތެރޭގައި ކޮރަޕްޝަނާއި، އިޤްތިސާދީ ކުށްތައް ތަހުޤީޤުކުރުމާ ގުޅޭ ފަންނީ ދާއިރާތަކުން އިންސާނީ ވަސީލަތް ބިނާކުރުން ހިމެނެއެވެ.

އެކަޑަމީ އިފްތިތާޙުކުރެއްވުމަށް ފަހު މިޖަލްސާގައި ރައީސް ޑރ މުޢިއްޒު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

ރައީސް ޑރ މުއިއްޒުގެ ވާހަކަފުޅުގައި ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ ޖަލްސާގައި މިއެކަޑަމީ އިފްތިތާހްކޮށްދެއްވާފައިވާ ރައީސް ޑރ.މުހައްމަދު މުއިއްޒެވެ.

މިއީ ރާއްޖޭގައި ކޮރަޕްޝަނާއި ދެކޮޅަށް މީހުން ބިނާކުރުމާއި މީހުން ހޭލުންތެރިކުރުމުގެ މަގްސަދުގައި އުފެއްދި ފުރަތަމަ އެކަޑަމީއެވެ. މި އެކަޑަމީގެ މައިގަނޑު މަގްސަދުގެ ތެރޭގައި ކޮރަޕްޝަނާއި، އިގްތިސާދީ ކުށްތައް ތަހުގީގުކުރުމާ ގުޅޭ ފަންނީ ދާއިރާތަކުން އިންސާނީ ވަސީލަތް ބިނާކުރުން ހިމެނެއެވެ.

އެކަޑަމީ އިފްތިތާޙް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 2007 ވަނަ އަހަރު އދ.ގެ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ މުއާހަދާގައި ރާއްޖެ ބައިވެރުވުމަށްފަހު މިވީ މުއްދަތުގައި ގިނަ ކާމިޔާބީތަކެއް ހާސިލުކުރައްވާފައިވާކަމަށެވެ. ރައީސް ދެއްވި ޔަޤީންކަމަކީ ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި އެމަނިކުފާނުގެ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމެވެ.

އަލަށް އުފެއްދި އެކަޑަމީ ފެށިގެން ދިޔުމާއެކު އެކަމަށް ބޭނުންވާ ތަޢުލީމީ ސިޔާސަތުތަކާއި، ކިޔަވައިދޭނެ ކޯސްތަކުގެ މޮޑިއުލްތައް ތައްޔާކޮށްފައިވެއެވެ. އެކަޑަމީ ހިންގުމަށް އެހީތެރިކަން ހޯދަން މެލޭޝިޔާގެ އެންޓި ކޮރަޕްޝަން އެކަޑަމީއާއެކު އެމްއޯޔޫއެއްވެސް ވަނީ ޤާއިމުކޮށްފައެވެ.

އެ ޖަލްސާގައި ކޮރަޕްޝަނާ މެދު އާންމުން ދެކޭގޮތުގެ ގައުމީ ފެންވަރުގެ ދިރާސާ "ނޭޝަނަލް ކޮރަޕްޝަން ޕަރސެޕްޝަން ސަވޭ 2023″ ނެރެދެއްވުންއޮތެވެ. އަދި ކޮރަޕްޝަން ރިސްކް ސެލްފް އެސަސްމަންޓް ޓޫލްކިޓް އާންމުކުރުމާއެކު، މޯލްޑިވްސް އެންޓި-ކޮރަޕްޝަން ޓްރަސްޓް ފަންޑު ވެސް އިފްތިތާހު ކުރެއްވުންއޮތެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *