މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން 106 މިލިއަން ރުފިޔާ މިރޭ ދެވޭނެ އިންތިޒާމް ރައީސް ޑރ މުޙައްމަދު މުޢިއްޒު ހަމަޖައްސައިދެއްވައިފިކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.

ޝިޔާމް ވިދާޅުވީ މިވަގުތު މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްކިރާފައި ނުލިބި ހުރި ފައިސާ ލަސްވާ ލަސްވުންް ކަމަށެވެ. އަދި މިކަމުގެ ސަބަބުން މަސްވެެރި އާއިލާ ތަކުގެ ޒަރޫރީ އެތައް ކަމަކަށް ވަނީ ވަރަށް ބޮޑަށް އުނދަގޫވެފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

“ރައީސުލްޖުމްހޫރއްޔާ ގެ ވިސްނުންފުޅަކީ މިކަމަށް ދާއިމީ ހައްލެއް ގެނެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރެއްވުން. އެކަމަށް ހުރި ހިރާސްތައް ނައްތާލެއްވުމުގެ މަސައްކަތްޕުޅު ބާރަށް ކުރިޔަށް އެބަގެންދަވާ. 106 މިލިއަން ރުފިޔާ މިރޭ މަސްވެރިންނަށް ދެވޭނެ އިންތިޒާމުވެސް މިހާރުވަނީ ރައީސް ހަމަޖައްސަވާފައި. އަމާޒަކީ ދާއިމީ ޖުމްލަ ހައްލެއް ހޯދުން” ޝިޔާމް ވިދާޅުވެފައިވެއެވެ.

 

މަސްވެރިންގެ އަތުން ގަނެފައިވާ މަހަށް ނުދެވި ހުރި ފައިސާގެ ތެރެއިން، މިސަރުކާރު ހަވާލުވުމަށްފަހު 30 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މީގެކުރިން ވަޒީރު ޝިޔާމް ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، މިފްކޯއިން މަސްވެރިންނަށް ފައިސާ ދޫނުކުރާތާ 2 މަސް ވެފައިވާ ކަމަށެވެ.

 

 

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *