ގައުމީ އެއާލައިން މޯލްޑިވިއަނަށް އަލަށް ގެނައި ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓްގެ ދަތުރުތައް މިމަހު 21 ގައި ފަށަން ނިންމައިފިއެވެ.

ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އަލަށް ގެނެވުނު 264 މީހުންގެ ޖާގައިގެ އެއާބަސްގެ އޭ330-200 މަރުކާގެ އެއާކްރާފްޓްގެ ޝެޑިއުލް ފްލައިޓްތައް މި މަހުގެ 21 ގައި ޗައިނާގެ ޗެންޑޫ އަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، އަދި ވައިނާނެ އިތުރު ސިޓީތައް ކަމަށްވާ ޝެންހާއި، ޗެންޑޫ އަދި ބެއިޖިންއަށް ދަތުރުތައް ބާއްވަން ހަމަޖެހިފައިވާކަމަށެވެ.

އާ ބޯޓުގައި އިކޮނޮމީ ކުލާހާއި، ބިޒްނަސް ކުލާހާއި އަދި ޕްރީމިއަމް ކްލާހުގެ ކެޓަގަރީތަކުން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށާއި އަދި މޯލްޑިވިންއަނގެ ހިދުމަތް ފުޅާކުރުމަށްޓަކއި މި އަހަރުގެ އޮކްޓޯބަރުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ ބޯޓެއް ގެންނަން ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

އިތުރަށް މިނިސްޓަރ އަމީން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޔޫރަޕްގެ ގައުމުތަކަށް ވެސް ދަތުރުތައް ކުރާން ހަމަޖެހިފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެ އެއާލައިނުން ރާއްޖެ އަށް އަހަރަކު 60،000 ފަސިންޖަރުން ގެނެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *