ރެޑްވޭވް އިން ބޭންކް އިފް މޯލްޑިވްސް އާއި ގުޅިގެން ރޯދައަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސް އާއި ރެޑްވޭވް ގުޅިގެން މިއަދުން ފެށިގެން އެޕްރީލް 7 ވަނަ ދުވަހުގެ ނިއަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި، ރެޑްވޭވް ގެ ފިހާރަތަކުން ބީއެމްއެލް ކާޑުން ވިޔަވާރިކޮށްގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެގޮތުން ފެބްރުއަރީ މަހު ރެޑްވޭވް ފިހާރަތަކުން ބީއެމްއެލް ކާޑް ބޭނުންކޮސްގެން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް 5000 ރުފިޔާގެ ގިފްޓް ވައުޗަރ އެއް ދިނުމަށް ހަމަޖެހިފައިވާއިރު އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޭޕްރީލް 7 ވަނަ ދުވަހުގެ ނިއަލަށް ރެޑްވޭވުގެ ފިހާރަތަކުން ވިޔަފާރި ކޮށްގެން، ކޮންމެ ދުވަހަކު 2،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

ރެޑްވޭވް  އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ހިންގާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ބީއެމްއެލް ކާޑް ބޭނުންކޮށްގެން ކުރާ 300 ރުފިއާއިން މަތީގެ ވިޔާރި ތަކަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *